އަފްޣާނިސްތާންގެ އަންހެން ބޮކްސަރަށް ތާލިބާނުން މަރުގެ އިންޒާރު ދިނުމާ ގުޅިގެން އޭނާ ގައުމު ދޫކޮށް ހިނގައްޖެއެވެ. އަފްޣާނިސްތާންގެ ލައިޓްވެއިޓް ބޮކްސިންގ ޗެމްޕިއަން ސަލީމާ ރިޒާއީއާ ބެހޭ ގޮތުން ތާލިބާނަށް ޝަކުވާ ކުރި މީހުން ބުނެފައި ވަނީ ފިރިހެން ކޯޗަކާއެކު ބޮކްސިން ތަމްރީން ހަދާ އަންހެން ކުއްޖަކު އުޅޭ ކަމަށެވެ.

ރިޒާއީ ކޯޗާއެކު ޓްރެއިނިންގގައި ހުއްޓައި ތާލިބާނުން އޭނާ ގެއަށް ފޮނުވާލީ ލިޔުމުން ދިން އިންޒާރަކާއެކުގައެވެ. މި އިންޒާރުގައި ބުނެފައި ވަނީ އޭނާ ބޮކްސިން ހުއްޓާ ލުމަށާއި ފިރިހެނަކާއެކު ތަމްރީން ނުހެދުމަށެވެ. އަދި ތާލިބާންގެ މި އެންގުމާ ޚިލާފްވާނަމަ، މަރުގެ އަދަބު ދެވޭނެ ކަމަށެވެ.

ކާބުލް ދޫކޮށް، މިހާރު ރިޒާއީ ވަނީ ޤަތަރަށް ގޮސްފައެވެ. އޭނާ ބޭނުން ވަނީ ބޮކްސިންގ ގައިކ ކުރިއަށް ދިއުމަށްޓަކައި އެމެރިކާއަށް އެތެރެވާށެވެ.

ތާލިބާނުން ވަނީ އިސްލާމީ ޝަރީއާއަށް އަމަލު ކުރާ އަންހެނުންނާއި ބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށް ވަޒީފާއަށް ދެވޭނެ ކަމަށާއި ގެއިން ބޭރަށް ދެވޭނެ ކަމަށް ބުނެފައެވެ.