ހެންވޭރު ގެއެއްގެ ތެރޭގައި މަރުވެފަ އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:49ހާއިރުކަމަށެވެ. މަރުވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ޢުމުރުން 40 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމީހާގެ މަރާގުޅިގެން ބަލަންޖެހޭކަންކަން ފުލުހުން މިހާރު ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.