ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.