ސިމާ ބްރޭންޑުގެ ނަރިޝިން ހޭންޑު އޮއިލް އަކީ އަތްތިލަ ރީތިކޮށް ބެހެއްޓުމަށް އެއްވަނަ ދަރަޖައިގެ ތެލެކެވެ. އެއްވެސް ކެމިކަލެއް ނުހިމެނެއެވެ. މިއީ އުނގުޅައިލީމާ އަތްތިލައަށް ދުޅަހެޔޮކަމާއި އަރާމު ގެނެސްދޭ ޚާއްސަ ތެލެެކެވެ. މިއީ ކާށި ތެލާއި ކަޅުދިރި ތެލާއި ގްރޭޕް ސީޑް އޮއިލް އެއްކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

ތެލުގައި އެކުލެވޭ މި ބާވަތްތަކުގެ ސަބަބުން އަތްތިލައަށް ލިބިދޭ ދުޅަހެޔޮކަމާއި އަރާމު ދިގު މުއްދަތަކަށް ދަމަހައްޓައިދެއެވެ. އަދި ލެވެންޑަރގެ ހިތްގައިމު ވަހާ އެކުވެފައިވާ މި ތެލުގައި، އަތްތިލާގައި ރޫޖެހުމާއި އަތްތިލާގެ ހަމަށް ޖެހޭ ތަފާތު ބަލިތަކުން ދިފާޢުވުމުގެ ބާރުކަމުގައިވާ އެންޓި އޮކްްސިޑެންޓްސް ހިމެނެއެވެ. އެހެންވީމާ، އަތްތިލައަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ "ހޭންޑް ނަރިޝިންގ އޮއިލް" ބޭނުންކުރުމުން އަތްތިލާގައި ރޫޖެހުން ފަދަ މުސްކުޅިވުމުގެ އަލާމާތްތަކުން އަތްތިލަ ސަލާމަތްކޮށްދޭނެއެވެ. ހަމައެހެންމެ، ހިތްގައިމު އަތްތިލައަކަށް ބޭނުންވާނެ ޒުވާންކަމާއި މަޑުކަމާއި ވާންކަން ލިބިދޭނެއެވެ.

ބޭނުންކުރާނޭ ގޮތް:

އިނގިލިކުރިން ދެތިން ތިކި ތެޔޮ އަތްތިލާގައި ހާކާލައި މަޑުމަޑުން މަސާޖުކޮށްލާށެވެ. ހަމުގެ ތެރެއަށް ތެޔޮތައް ވަންނަންދެން މަސާޖުކޮށްލާށެވެ. ހެނދުނާއި ހަވީރު މި ފަރުވާ ލިބިގަންނާށެވެ. މީގެއިތުރުން، އަތްތިލައިގެ ހަމަށް ތެތްކަމާއި ވާންކަން ގެނައުމަށް ޓަކައި ‘މޮއިސްޗަރރައިޒަރ’ އެއްގެ ގޮތުގައި ކޮންމެ ވަގުތެއްގައި ވެސް މި ތެޔޮ ބޭނުންކުރެވިދާނެއެވެ.

ތަޖުރިބާ

"މި ތެޔޮ ބޭނުންކުރަން ފެށިތާ ދެ ދުވަސްތެރޭގައި އެނގުންވާން ފަށައިފި. އަތްތިލައިގެ ކުރަކިކަން ފިލައި ތާޒާކަން އަންނަކަން އެނގުނު. އަތްތިލަ މަޑުވެ ރީތިވާން ފެށި. މިއީ މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ ރަނގަޅު އެއްބުރޭންޑު. މެދު ނުކެނޑި ބޭނުންކުރާ ކަމަށްވާނަމަ އަތްތިލަ އަބަދުވެސް ހުންނަނީ ވަރަށް މަޑުކޮށް ރީތިކޮށް. މިއީ ދެ ޖިންސުގެ މީހުންނަށް ވެސް ބޭނުން ކުރެވިދާނެ މޮޅު ތެލެއް،" ތެޔޮ ބޭނުންކުރަމުންދާ މީހަކު ބުންޏެވެ.

ލިބޭނީ ކޮންތާކުން؟

މިއީ ދިވެހީން ކިޔާ ގޮތުން ނަމަ ހަކީމީ ތެލެކެވެ. މިތެޔޮ ލިބޭނީ ހަލި ޕްރައިވެޓް ލިމިޓެޑުންނެވެ. މިއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7779609 އަށް ގުޅުއްވާށެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ކުރައްވާށެވެ.

- އެޑުވަަޓޯރިއަލް