ބޭނުންވާ ތަކެތި

1 ޖޯޑު ހަރުހަނޑޫ

3 ޖޯޑު މުރަނގަ މާ

6 މުރަނގަ ތޮޅި (އޮށް ނުފަޅާވަރު ޅަތޮޅި)

1 ގަނޑު ވަޅޯމަސް

1 ފިޔާ

3 ލޮނުމެދު

1 ގިތެޔޮމިރުސް

ހިކަނދިފަތް

ރަހަލާވަރަށް ލޮނު

ފެން

1 ޖޯޑު ބޯކިރު

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ދޮވުމަށްފަހު ތެއްޔަކަށް ފެންއަޅައި އުނދުންމައްޗަށް އުދުމަށްފަހު ހަނޑޫ މަޑުކުރާށެވެ. ގިނައިން ފެން އަޅައިގެން ވަރަށް ރަނގަޅަށް ހަނޑޫ މަޑުކުރަންވާނެއެވެ. ހަނޑޫ މަޑުވުމުން ތޮޅި އާއި މާ އަދި ފިޔާ، ލޮނުމެދު ،ހިނކަދިފަތް، ގިތެޔޮމިރުސް، މަސް ކޮށުމަށްފަހު އަޅާށެވެ. ދެން ލޮނުހެޔޮވަރުކޮށް ހުރިހާއެއްޗެއް އެއްކޮށް ކަށްކާލާށެވެ. ޕަތްޕެން އޮލަވުމުން ބޯކިރު އެޅުމަށްފަހު އުނދުންމަތިން ބާލާށެވެ.