އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކާމިޔާބީ ހޯއްދަވައިފިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވާދަކުރެއްވީ މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އަދިފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވާދަކުރެއްވީ ގައްދު ދާއިރާގެ ރައީސް ކަމަށެވެ.
މީގެއިތުރުން މި އިންތިހާބުގައި ވާދަކުރެއްވި ތިން ވަޒީރުން ވެސް ވަނީ އިންތިހާބުން ކާމިޔާބީ ހޯއްދަވާފައެވެ. އެއީ ޔޫތު މިނިސްޓަރު އަހްމަދު މަހްލީފާއި އިކްނޮޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭސްމިނިސްޓަރ އިބްރާހިމް އަމީރު އެވެ.
މިހާރުވެސް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންގެ ހަސިއްޔަތުން އެ ތިން ބޭފުޅުންވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވަ އެވެ.