މިއީ ވެސް ގުދުރަތީ މާއްދާތައް ބޭނުން ކޮށްގެން ހަދައިފައިވާ ތެލެކެވެ. ފަޔަށް އަރާމު ލިބޭ ގޮތަށް އުފައްދާފައިވާ މި ތެލަކީ ވެސް ސިމާ ބްރޭންޑުގެ ތެލެކެވެ. ވަކިން ޚާއްސަ ގޮތެއްގައި މިއީ ކުރަކި ފައިތައް އޮމާންކޮށްދޭ ތެލެކެވެ.

ފައިގެ މަސްތަކުގެ ވާންކަން އިތުރުކޮށްދީ ފައި ރީތި ވެސް ކޮށްދޭ އެއްޗެކެވެ. "ފުޓް ނަރިޝިންގ އޮއިލް’ ޚާއްޞަވެފައި ވަނީ ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށެވެ. މި ތެޔޮ އުނގުޅުމުން، ޢުމުރުން ދުވަސްވުމުން ފަޔަށް އަންނަ މުސްކުޅިކަން ދުރުކޮށްދެއެވެ. އޭގެ އިތުރުން ފައިގެ ހަން ޒުވާންވެފައި ތާޒާކަން ގެނުވައިދެއެވެ.

ބޭނުން ކުރާނޭ ގޮތް:

އިނގިލި ކުރިން ދެތިން ތިކި ތެޔޮ ފައިގައި ހާކާލައި މަޑުމަޑުން މަސާޖުކޮށްލާށެވެ. ހަމުގެ ތެރެއަށް ތެޔޮތައް ވަންނަންދެން މަސާޖުކޮށްލާށެވެ. މި ތެޔޮ ހެނދުނާއި ހަވީރު ފައިގައި އުނގުޅާށެވެ. ފައިގެ ހަމުގެ ތެތްކަން ދެމެހެއްޓުމަށާއި މަސްތައް ވާންކޮށް ވަރުގަަދަކޮށްދިނުމަށް މި ތެޔޮ ބޭނުންކުރާ ފަދައިން އަތުގެ ކުރަކިކަން ފިލުވަން "މޮއިސްޗަރައިޒަރ" އެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ.

ލިބޭނީ ކޮންތާކުން؟

މިއީ ދިވެހީން ކިޔާ ގޮތުން ނަމަ ހަކީމީ ތެލެކެވެ. މިތެޔޮ ލިބޭނީ ހަލި ޕްރައިވެޓް ލިމިޓެޑުންނެވެ. މިއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7779609 އަށް ގުޅުއްވާށެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ކުރައްވާށެވެ.