އދ. ދަނގެތީގައި އުމުރުން 57 އަހަރުގެ މީހަކު މަރާލާފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ފެނުނީ މަރާލުމަށް ފަހު ގޯންޏަކަށް ލައި އެއްލާލާފައި އޮއްވައި ކަމަށެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް ޕޮލިސް މީޑިއާއިން ބުންޏެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެރަށު ކައުންސިލުން ބުނީ މަރާލާފައި އޮތީ އެ ރަށު މަހްމޫދު ކިޔާ އުމުރުން 55 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާ މަރާލާފައި އޮއްވަ ފެނުނީ ފަޅުގެ ގެއެއްގެ ތެރޭގައެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާގެ ބޯކޮޅު އޮތީ ވަޅެއް ކޮނެ އޭގެ ވަޅުތެރެއަށް ލާފައި ކަމަށާއި ގޯނީގައި އޮތް ކޮޅު އޮތީ ބިމުން މަތީގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހައިތަަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.