އިންޑިއާގެ އެންމެ މަޝްހޫރު 100 ޅެން އަރަބި ބަހަށް ތަރުޖަމާކޮށް ޝާރުޖާގައި ޝާއިއުކޮށްފިއެވެ. މި ޅެން ފޮތް ޝާއިއުކޮށްފައި ވަނީ ޝާރްޖާ ފޮތް މައުރަޒުގައެވެ.

އިންޑިއާގެ ތިން ހާސް އަހަރުގެ ޅެން ވެރިކަމުގެ ތަރިކަ ދައްކައިދޭ ޅެންތައް ހޮވައި އެއްކޮށްލެއްވީ އިންޑިއާގެ ޅެންވެރިޔާ ޑިޕްލޮމޭޓް އަބޭ ކޭ އެވެ.

މި ޅެންތައް އަރަބި ބަހަށް ތަރުޖަމާ ކޮށްފައި ވަނީ ޝާރްޖާ އިންސްޓިއުޓް ފޯރ ހެރިޓޭޖް އިންނެވެ.

މިޅެންތަކަކީ އިންޑިއާގެ 28 ބަހަކުން އެތައް ސާސްކަފަކަށް ވާރުތަވަމުން އައިސްފައިވާ ސަގާފީ ތަރިކައެކެވެ. އަބޭ ކޭ އަކީ އޭނާގެ ޑިޕްލޮމެޓިކް މަސައްކަތުގެ އިތުރުން ޅެން ލިޔުމާއި ވާހަކަ ލިޔުއްވުމަށް މަޝްހޫރު ބޭފުޅެކެވެ.

މި ޅެންތައް އިނގިރޭސި އަދި އިޓަލީ ބަހަށް ތަރުޖަމާ ކޮށްފައި ވެއެވެ. މީގެ އިތުރުން އައިރިޗް ބަހަށާއި ނޭޕާލީ ބަހަށާއި ރަޝިޔާ އަދި ފަރަންސޭ ބަހުން ކުރިއަށް އޮތް ދުވަސްތަކުގައި ޝާއިއުކުރެވޭނެއެވެ.