ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ކޮމިޓީން ރައީސް ޝީ ޖިންޕިންގ އުމުރަށް ވެރިކަމުގައި ބެހެއްޓުމަށް ރުހުންދޭ ގޮތަށް އެއްބަސްވެއްޖެއެވެ. 8 ނޮވެމްބަރުން ފެށިގެން ތިން ދުވަހަށް ބާއްވާފައިވާ 400 މަންދޫބުންގެ ޖަލްސާގައި ޝީ ޖިންގޕިންގ ގެ ކާމިޔާބީތަކަށް އިއުތިރާފް ވެފައި ވެއެވެ.

އަންނަ އަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީގެ 20 ބަނަ ގައުމީ މަޖިލީހުން ޝީ ތިން ވަނަ ރިއާސީ ދައުރަކަށް އައްޔަން ކުރާނެއެވެ.

ޗައިނާގެ ކޮމިއުނިސްޓް ލީޑަރު މާއޯއާއި ޑެން ޝިއާއޮޕިންގ އަށް ފަހު، ޗައިނާގައި އުފެދުނު އެންމެ ބާރުގަދަ ލީޑަރު ކަމުގައި ފެންނަނީ ޝީ އެވެ. ޝީ ވަނީ އޭނާގެ ދެކޮޅުވެރިންނާއި ފާޑު ކިޔާމީހުން ހިފައި ހައްޔަރުކޮށް އަދަބު ދީފައެވެ. އެހެންވެ، ޕާޓީގެ ފެންވަރުގައިވެސް އަދި ސިފައިންގެ ތެރޭގައިވެސް އޭނާއާ ދެކޮޅަށް ކެރިގެން ނިކުންނާނެ ފަރާތެއް އުޅޭނެ ކަމަކަށް ނުބެލެވެއެވެ.

މުހައްލިލުން ބުނާ ގޮތުގައި ޝީ ޖިންޕިންގ އަމިއްލައަށް ބާރުގަދަ ކުރުމަށް މަސައްކަތް ކުރާނަމަ އޭނާގެ ގާތް މީހުން އެކަމަށް އެހީތެރިވާނެއެވެ. އެކަމަކު އޭގެ ސަބަބުން އޭނާ ދާނީ ދުނިޔެއާއި މުޖުތަމައާ އެކަހެރިވަމުންނެވެ. އަދި އޭނާ ވާނީ އެހެން މީހުން ގެންގުޅޭ ބާރަކަށެވެ.