އުމުރުން ދުވަސްވުމުން ކުރީގައި އުޅުނު ހަރކާތްތެރި ދިރުއުޅުން މަޑުމަޑުން ބަދަލު އާދެއެވެ. ކުރީގައި ހުރި ޖޯޝާއި ބާރު މަޑުމަޑުން ކެނޑެމުން ދެއެވެ. ޒުވާން ދުވަސްވަރު ނުފެންނަ ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. އަންހެނުން އެކަންޏަކަށްނޫނެވެ. ފިރިހެނުންނަށްވެސް މެއެވެ. އެހެންކަމުން އުމުރުން ދުވަސްވާން ފެށުމުން ކާ ކެއުމަށް ބަދަލު ގެންނަން ޖެހެއެވެ. އެހެންނަމަވެސް އާދަކޮށްކާ ކެއުމަށް ބަދަލުގެނައުމަކީ އުނދަގޫކަމަކެވެ. ނަމަވެސް ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި އުމުރުން 40 އަށްވުރެ މައްޗަށް ދިއުމުން ފިރިހެނުން ކާ ކެއުމަށް ބަދަލުގެންނަން ޖެހެއެވެ. އެގޮތުން ދޫކޮށްލަންޖެހޭ ބައެއް ކާނާގެ ބާވަތްތައް ފާހަގަކޮށްލާނަމެވެ.

މާޖިރިން

މާޖިރިން ހީވަނީ ބަޓަރު ހެންނެވެ. ރަހަވެސް ވަރަށް އެއްގޮތެވެ. ނަމަވެސް މާޖިންނާއި ބަޓަރަކީ ވަރަށް ތަފާތު ދެބާވަތެކެވެ. މާޖިރިންނަކީ މަސްނޫއީ އުފެއްދުމެކެވެ. މާޖިރިން ހެދުމަށް ބޭނުންކޮށްފައިވާ ބާވަތްތަކުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބެއެވެ. އޭގެތެރޭގައި މާޖިރިންގައި ހުންނަ ލޮނދި ތެލަކީ ހިތް ހުއްޓުމާއި ހިތުގެ ބަލިތައް ޖެހުމުގެ އިތުރަށް ސްޓްރޯކުޖެހުމަށްވެސް މަގުފަހިވާ ބާވަތެކެވެ.

ސޮޑާ

ސޮޑާ އަކީ ހަށިގަނޑަށް ގެއްލުންދޭ އެއްޗެކެވެ. ވަކި އުމުރެއްނޫނެވެ. އުމުރުން ދުވަސްވަމުންދާވަރަކަށް ސޮޑާފަދަ ތަކެތިން ދުރުވާން ޖެހެއެވެ. އުމުރުން 40 ހުން މައްޗަށް ދިއުމުން ކާނާގައި ހުންނަ ވިހައިގެ ބައި ހަށިގަނޑުން ރަނގަޅަށް ނައްތާލަ ނުދެއެވެ. އެހެންކަމުން ކާނާގައި ހުންނަ ޓޮކްސިންއާއި ކެމިކަލް އެންމެ ފުރިހަމަގޮތުގައި ހަށިގަނޑުން ބޭރު ނުވެއެވެ. އެގޮތުން ހަކުރު ހުންނަ ފިޒީ ބުއިންތަކުގައި އާންމުގޮތުގައި ދުވާލެއްގެ މައްޗަށް މި ބޯ ސަޔާއި ކޮފީއަށްވުރެ މާގިނައިން ހަކުރު ހުރެއެވެ. އަދި ފިޒީ ޑްރިންކސް ތައްޔާރުކުރުމަށް ބޭނުންކުރާ " ކޯލްސް " އަކީ އޭގައި ވަރަށްގިނަ ކެމިކަލް ހިމެނޭ ބާވަތެކެވެ. ވަރަށްގިނަ ދިރާސާތަކުން ދައްކާގޮތުގައި މި ކޯލަކީ ހަށިގަނދުގައި ކެންސަރު އުފެއްދުމަށް އެހީވެދޭ ބާވަތެކެވެ.

ކާ ކުލަ

ކުލަތަކުން ރީތި ކޮށްފަހުންނަ ކާ ތަކެއްޗަށް ކުޑަކުދިން ވަރަށްބޮޑަށް ޝައުގުވެރިވެއެވެ. އެފަދަ ތަކެތި ކެއުމުން ކުދިންގެ ހަލަނިކަން އިތުރުވާކަން ފާހަގަ ކުރެވޭނެއެވެ. ކުދިން ވަރަށްބޮޑަށް " ހައިޕަރ " ވާތަން ފެންނާނެއެވެ. ނމަވަވެސް އުމުރުން 40 ހުންމައަޗަށް ދިއުމުން ކުލަ އަޅާފައި ހުންނަ ކާބޯތަކެތި ކެއުމުން "ހައިޕަރ " އެއް ނުވާނެއެވެ. އެހެންނމަވެސް ހަށިގަނޑުގެ ތެރެއަށް އެދާ ބައިގެ ސަބަބުން ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

މަފިން އާއި ކަޕް ކޭކު

ގިނަމީހުންނަކީ ފޮނި ކާއެއްޗިހި ގިނައިން ކާހިތްވާމީހުންނެވެ. ކުޑައިރު މިފަދަ ކާނާ ކެއުމުން ހަށިގަނޑު މިބާވަތްތަކާއި ހަނގުރާމަކޮށް ފަތަހަ ހޯދައެވެ. ނަމަވެސް 40 އިން މައްޗަށް ދިއުމުން ހަށިގަނޑުގައި މި ހަކަތަ ނުހުރެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރިމަށްޓަކައި މަފިންނާއި ކަޕްކޭކު ފަދަ ތަކެތި ކެއުން ހުއްޓަން ޖެހެއެވެ. ސަބަބަކީ މި ބާވަތްތަކުގައި ހުންނަ ހަކުރުގެ މިންވަރު ގިނަކަމުންނެވެ.

ފުރުޓް ޖޫސް

ޖޫސް ފުޅީ ބޭރުގައި " 100% ޖޫސް " ލިޔެފަ އޮތުމަކުން އެއީ ސިއްޙަތަށް ރަނގަޅު ބިއިމަކަށް ނުވެއެވެ. " އެން އެޕަލް އަ ޑޭ ކީޕްސް އަ ޑޮކްޓަރ އަވޭ " ވާއިރު އާފަލު ޖޫސްތައްޓެއް ބޮއިގެން ފައިދާނުވާންވީ ކީއްވެ ހެއްޔެވެ؟ އާފަލުކާއިރު އެއިން ޖޫސްވެސް ލިބެއެވެ. އެހެންކަމުން ހަށިގަނޑަށް ހަކަތަ ލިބެއެވެ. ހަޖަމު ކުރުމަށް ފަސޭހަވެއެވެ. އެހެންނަމަވެސް ޖޫސްތައްޔާރުކުރުމަށް އިތުރަށް ހަކުރާއި އެހެނިހެން ބައިތައް ހިމަނަން ޖެހެއެވެ. ގިނަދުވަހު ބޭނުންކުރެވޭނެގޮތައް ތައްޔާރުކުރުމަށެވެ. ވީމާ ޖޫހާއި މޭވާ އިން ހަށިގަނޑަށް ލިބޭ ފައިދާ ހާސްބައި ތަފާތެވެ.

ވަރަށް ގިނަ މީހުން ބުނެއެވެ. އުމުރުން ދުވަސް ވުމުން ކާނެ އެއްޗެއް ނެތެވެ. ނޫނެކެވެ. ކެވޭނެއެވެ. ގޭގައި ތައްޔާރުކުރާ ތެލާއި މާޖިރިންގެ ބާވަތްތައް މަދު ކާނާއެވެ. ގޭގައި ގިރާ ހަކުރު މަދު ޖޫސްވެސް ބޯންވީއެވެ. އެހެންނަމަވެސް ގިނައިން ހަކުރު ހުންނަ މަސްނޫއީ އުފެއްދުންތަކަކީ އެއްވެސް އުމުރެއްގެ މީހުނަށް ރަނގަޅު ބާވަތްތަކެއްނޫނެވެ.