އެކީގައި ޖިމްއަށްދާ ރައްޓެއްސަކު އަބަދުވެސް އެވަކާޑޯ ކެއުމުގައި ހިމަނާ ވާހަކަ ވަރަށްގިނައިން ދައްކައެވެ. އެހެންކަމުން އެވާކާޑޯގެ ފައިދާތައް ހޯދާލުމަށް ޝައުގުވެރިވިއެވެ.
އެވަކޯޑޯ ނޫނަސް ތަރުކާރީއާއި މޭވާ އަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ ކާނާގެ ބާވަތްތަކެވެ. އެހެންނަމަވެސް މި މޭވާއާއި ތަރުކާރީގެ ތެރެއިންވެސް ހަށިގަނޑަށް ވަރަށްގިނަފައިދާތަކެއް ލިބިދޭ ބާވަތްތައް ހުރެއެވެ. އެގޮތުން އެވަކާޑޯއަކީ މީގެތެރެއިންވެސް ވަރަށް ޚާއްޞަ ބާވަތެކެވެ.
އެވަކާޑޯއަކީ ހަށިގަނޑުގައި އެކުލެވޭ ކޮލޮސްޓްރޯލް، ވަރަށް ބޮޑަށް ދައްކޮށްދޭ މޭވާއެކެވެ. ރިސާޗްތަކުން ހާމަވާގޮތުގައި އެވަކާޑޯއަކީ ހިތުގެ ބަލިތަކާއި ލޭމައްޗައްދިއުމުން ދުރުކޮށްދޭ މޭވާ އެކެވެ. އެއީ މިމޭވާގައި އެކުލެވިގެންވާ ޕޮޓޭސިޔަމް އާއި ފްލޯޓް އަދި ފައިބަރގެ ސަބަބުން ހިތުގެ ނިޒާމަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދެއެވެ. މީގެއިތުރަށް އެވަކާޑޯގައި ގިނަ އަދަދަކަށް ވިޓަމިން އީ އެކުލެވުމުގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދީ ހަމުގެ ބަލިތަކުން ދުރުކޮށްދެއެވެ.
ފަހުގެ ދިރާސާއަކުން ހާމަވާގޮތުގައި އެވަކާޑޯއަކީ ހަށިގަނޑަށް އެތެރެވާ މައުދަންތައް ވިރުވައިދީ ހަޖަމު ކުރުމަށް ފަސޭހަކޮށްދޭ މޭވާ އެކެވެ. އެހެންކަމުން މި މޭވާއިން ގޮހޮރުގެ ބަލިތަކުން ދުރުކޮށްދެ އެވެ. މީގެ އިތުރަށް އެވަކާޑޯއިން ހަށިގަނޑުގައި ދައުރުވާ އެސިޑްތައް ބޭރުކޮށްދިނުމާއި ހަށިގަނޑަށް ބޭނުންވާ މައުދަންތައް ލިއްބައިދިނުމަށް އެހީތެރިވެ ދެއެވެ. ހަމަ އެހެންމެ މިއީ ގިނައިރު ބަނޑުހައިނުވެ ހުރުމަށް އެހީވެދޭ މޭވާއެއް ވެސް މެއެވެ.
އެވަކާޑޯއަކީ މިހާގިނަ ފައިދާތަކެއް ލިބޭ ކާނާއަކަށްވުމުން ކޮންމެ ދުވަހެއްގެ ކެއުމުގައި އެވަކާޑޯ ހިމަނަން ދިރާސާވެރިން ލަފާދެއްވައެވެ. އެވަކާޑޯ ހިމަނަން އެންމެ ރަނަގަޅީ ހެނދުނުގެ ނާސްތާގައި ކަމަށް ގިނަ ދިރާސާވެރިން ފާހަގަ ކުރައްވައެވެ. ސަބަބަކީ ހެނދުނުގެ ނާސްތާއަކީ ދުވަހުގެ ފެށުންކަމުގައި ވާތީއެވެ.