ވެރިފަރާތަށް ނޭނގި އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައިގައި ދެމީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ދެމީހުން ހިމެނޭ ސީސީޓީވީ ފުޓޭޖެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ އާންމު ކޮށްފައެވެ. ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ މީހުންނަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހަޅާ، ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ. އެމީހުން ހޯދަމުން ދަނީ އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންކަމުން މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.