އިޒްރޭލު އަންހެނަކާ އިނދެ ވަރިކުރި އޮސްޓްރޭލިއާ ފިރިހެނަކު އިޒްރޭލުން އަށް ހާސް އަހަރަށް ފަހުން ނޫނީ ފުރައިގެން ނުދެވޭ ގޮތަށް އިޒްރޭލު ކޯޓުން ޙުކުމް ކޮށްފިއެވެ. ޚަރަދު ހޯދަން ވެގެން އިޒްރޭލު އަންހެން މީހާ ކުރި ދައުވާގައި ބުނެފައި ވަނީ އޭނާގެ ކުރީގެ ފިރިޔާއަށް އެއްވެސް ހާލެއްގައި އިޒްރޭލުން ފުރައިގެން ދާން ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

އުމުރުން 44 އަހަރުގެ ނޯއަމް ހާރބަރޓް އިޒްރޭލަށް އައީ އޭނާގެ އަންހެނުންނާއި ދެކުންނާ އެކު އުޅުމަށް 2012ގައެވެ.

ދެ މަފިރިން ވަރިވުމަށްފަހު ޚަރަދުގެ ގޮތުގައި ހަރބަރޓް ކުދިންނާއި ކުރީގެ އަނބިމީހާއަށް ދޭންޖެހޭ އަދަދު ވަނީ 3.34 މިލިއަން ޑޮލަރަށް އަރާފައެވެ.

އިޒްރޭލު ކޯޓުން ޙުކުމް ކޮށްފައި ވަނީ ހަރބަރޓަށް 31 ޑިސެމްބަރު 9999ގެ ކުރިން އިޒްރޭލުން ފުރައިގެން ނުދެވޭ ގޮތަށެވެ.

ހަރބަރޓް ބުނާ ގޮތުން އޭނާއަކީ އިޒްރޭލުން ބަނދުކޮށްފައިވާ މީހެކެވެ. ވަރީގެ މައްސަލައަށްފަހު އޭނާ ފިޔަވައި އޮސްޓްރޭލިއާ އެތައް މީހަކަށް ވަނީ އެމީހުންގެ ކުރިންގެ އަނބިން މިހާލު ޖައްސާފައި ކަމަށް އޭނާ ބުނެއެވެ.