މައްކާގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ޢުމުރާގެ އަޅުކަން އަދާކުރަމުން ދަނިކޮށް ނިޔާވީ ނ.ހޮޅުދޫ، ސާދާގެ، ހާމިދު މުހައްމަދެވެ. އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރު 2:15ގައެވެ.

ކޮވިޑާ ގުޅިގެން މައްކާ ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކޮވިޑްގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ޢުމްރާގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް އެތެރެވެވޭނީ ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސަޢުދީއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޯވިޑް-19ގެ ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮންނަ މީހުންނަށެވެ.