އެމެރިކާއިން ސޯވިއެޓް ޔޫނިއަން ނައްތާލުމަށް ނިއުކްލިއަރ ހަމަލައެއް ދިނުމަށް ރާވާފައި ވަނިކޮށް، އެހަމަލައިން ރޫސީވިލާތް ސަލާމަތް ކޮށްދިނީ ރޫސީން ނިއުކްލިއަރ ބޮމެއް ކާމިޔާބު ކަމާއެކު ޓެސްޓް ކުރުމުންނެވެ.

މޮސްކޯވިސްކީ ނޫހުން ބުނިގޮތުގައި އެމެރިކާއިން މި ހަމަލަ ދޭން ރާވާފައި އޮތީ 1 ޖަނަވަރީ 1957ގައެވެ. އެއިރު އެމެރިކާ އަތުގައި 300 ނިއުކްލިއަރ ބޮން ތައްޔާރަށް އޮތެވެ. އެމެރިކާގެ އަމާޒު ފަތްގަނޑަކަށް ހަދާފައި އޮތީ، ރޫސީވިލާތުގެ ސިނާއީ މަރުކަޒުތަކުގެ 80 ޕަސެންޓް ހަލާކުކޮށްލުމަށާއި އާބާދީގެ ބޮޑު ބައެއް ނައްތާލުމަށެވެ.

އެމެރިކާގެ އެއިރުގެ ރައީސް ހެރީ ޓްރޫމަންގެ ވެރިކަމުގައި މި ޕްލޭން ރޭވީ 1949ގައެވެ. އެމެރިކާއިން މި ޕްލޭނަށް ދީފައި އޮތް ނަމަކީ ޑްރޮޕްޝޮޓްއެވެ.

ހެރީ ޓްރޫމަން އަކީ ރަހުމު ކުޑަ ގޮތަކަށް ޖަޕާނުގެ ހިރޮޝީމާއާއި ނަގަޒާކީއަށް ހައިޑޮރޮޖަން ބޮން ވައްޓާލައި އެތައް މިލިއަން މީހުން ނެތިކޮށްލި މީހާއެވެ.

އެމެރިކާގެ ނުރައްކަލުން ރޫސީން ސަލާމަތްވީ އެގައުމުން ކާމިޔާބު ކަމާއެކު ނިއުކްލިއަރ ބޮމެއް ޓެސްޓް ކުރުމުންނެވެ.