ޗޮކްލެޓް ފަޖް( 6 މިނިޓުން ތައްޔާރުކޮށްލެވޭ)

0

ތައްޔާރުކުރަން ނަގާ ވަގުތު: 6 މިނިޓް

Advertisements

ސާރވްސް: 16

Advertisements

ބޭނުންވާ ތަކެތި:

3 ޖޯޑު ސެމީ-ސްވީޓް ޗޮކްލެޓް ޗިޕްސް

1 ދަޅު ގެރިކިރު

½ ޖޯޑު ވޯލްނަޓް (ޗޮޕްކޮށްލާފައި)

ތައްޔާރުކުރާނެ ގޮތް:

  1. 9 އިންޗި ޓްރޭއެއްގައި ފޮއިލް ފަތުރާލުމަށްފަހު ނޮންސްޓިކް ސްޕްރޭ ނުވަތަ ބަޓަރު ކޮޅެއް އުނގުޅާލާ،ޓްރޭ ތައްޔާރުކޮށްލާށެވެ.
  2. ބޯތަށްޓަކަށް (މައިކްރޯވޭވް ސޭފް) ޗޮކްލެޓްޗިޕްސް އަޅާލުމަށްފަހު އޭގެތެރެއަށް 1 ދަޅު ގެރިކިރުއަޅާލާށެވެ.
  3. ޗޮކްލެޓްޗިޕް-ގެރިކިރު މިކްސް 60 ސިކުންތުވަންދެން މައިކްރޯވޭވް ކޮށްލުމަށްފަހު ރަނގަޅަށް ގަށާލާށެވެ.އެއަށްފަހު އަނެއްކާވެސް 60 ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލުމަށްފަހު ގަށާލާށެވެ.ޗޮކްލެޓްޗިޕްސް ރަނގަޅަށް މެލްޓްނުވާނަމަ،ޗޮކްލެޓްޗިޕްސް އެއްކޮށް މެލްޓް ވަންދެން ކޮންމެ 30 ސިކުންތަކުން މައިކްރޯވޭވް ކޮށްލާށެވެ.
  4. ޗޮޕްކޮށްލާފައިވާ ވޯލްނަޓްކޮޅު މި މިކްސްގެ ތެރެއަށް އަޅާލާށެވެ.
  5. ދެން ތައްޔާރުކޮށްފައިވާ ޓްރޭގެ ތެރެއަށް ތައްޔާރުކުރެވުނު މިކްސް އަޅާލާށެވެ.
  6. ފަޖް މިކްސް ފްރިޖްގައި 1 ގަޑިއިރު ބަހައްޓާލާށެވެ. ނުވަތަ ރަނގަޅަށް ހަރުވަންދެން ފްރިޖްގައި ބަހައްޓާލާށެވެ.
  7. ފަޖް ރަނގަޅަށް ހަރުވުމުން ޓްރޭއިން ނަގާ ކިއުބްކޮށް ކޮށާލާށެވެ.

*6 މިނިޓުން ތައްޔާރުކޮށްލެވޭ ޗޮކްލެޓް ފަޖް އަކީ ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ފަސޭހައިން އަވަހަށް ތައްޔާރުކޮށްލެވޭނެ ފޮނިކާއެއްޗަކަށް ވާނެ ކަމަށް އުންމީދު ކުރަމެވެ.

Advertisements