މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށް ފާހަގަވާ ކަމަށް ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗުޕީއޭއިން ވިދާޅުވީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރުންގެ ލަފާ ހޯދުމަށެވެ.

ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭގޮތް ނުވުމާއި، ކުޑަކަމު ދެވޭ މިންވަރު މަދުވުމާއި، ގިނަގިނައިން ހޮޑުލުމާއި ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން ފަދަ ކަމެއް ދިމާވެއްޖެ ކަމަށްވާނަމަ ލަސްކުރުމަކާ ނުލައި ޑޮކްޓަރަށް ދައްކަން އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

މިދުވަސްވަރަކީ އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުން މަޑުމަޑުން އިތުރުވަމުންދާ ދުވަސްކޮޅެކެވެ. އެކަމަށް ވެސް އިތުރަށް ސަމާކުވާން ޖެހެއެވެ.