އަންގާރަދުވަހު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދެ މީހަކު ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދެއްވައިފިއެވެ. މި ދެމީހުންގެ ތެރެއިން އެކަކީ ހިތަދޫ މީހެކެވެ. އަނެއް މީހާ ޕޮޒިޓިވް ވެފައިވަނީ ރިސޯޓުންނެވެ.

މި ދެ މީހުން ޕޮޒިޓިވްވުމުން އައްޑޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ މިހާރުވަނީ 3010 އަށް އަރައިފައެވެ. އޭގެ ތެރެެއިން 2932 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ހަސްފަތާލުގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި އައްޑޫއިން މިހާތަނަށް ވަނީ 13 މީހަަކު ނިޔާވެފައެވެ.

އައްޑޫގެ މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 65 އެވެ. އެއީ ހިތަދޫގައި ތިބި 57 މީހަކާއި މީދޫގައި މީހަކާއި މަރަދޫފޭދޫގައި 2 މީހަަކާއި، ފޭދޫގައި ދެ މީހަކާއި މަރަދޫގައި އެކަކާއި ރިސޯޓުގައި އެކެކެވެ.