ހދ.ނެއްލައިދޫގައި ސަރުކާރުންހެދި ބަނދަރުގެ މަސައްކަތް ނިންމައިފިއެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މިއީ 55.4 މިއަލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ވަނީ ލައިފިއެވެ. އޭގެ އިތުރުން 103 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިވަނީ ލައިފައެވެ. އަދި 1812 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި މަގުބައްތިތައް ވެސް ވަނީ މިމަޝްރޫގެ ދަށުން ކޮށްފައެވެ.

މި ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފެށީ 2020 ވަނަ އަހަރު އޭޕްރީލް މަހުގައެވެ.