ބާޖެއް ފަރަށް އަރައިގެން އެ އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ސިފައިންގެއިން މިއަދު ބުނީ އެފްއެސްއެމް އިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ "މެކުނު" ބާޖް ރޭ ފަރަކަށް އަރާފައިވާ ކަމަށެވެ. ބާޖު ފަރަށް އަރާފައި ވަނީ ކ. ރަންނާޅި ރިސޯޓު ކައިރީގައި އޮތް ފަރަކަށެވެ.

އެ އުޅަނދު ފުން ކުރުމުގެ މަސައްކަތް ކޯސްޓް ގާޑުން މިހާރު އަންނަނީ ކުރަމުންނެވެ.

އެ ހާދިސާގައި ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ސިފައިންގެއިން ވަނީ ބުނެފަ އެވެ.