ހަވާދުގެ ތެރޭގައި އާންމުގޮތެއްގައި ބޭނުންކުރާ ދަވިއްގަނދަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ސިއްޙީ އެތައް ފަރުވާއެއް ހޯދުމަށް ބޭނުންކުރާ ބާވަތެކެވެ. އަޅުގަނޑުމެން ކާބަފައި ޒަމާނުއްސުރެ ކުޑަކުދިންނަށްވެސް އެކި ބަލިބަލީގެ ފަރުވާ އަށް ދަވިއްގަނދު ބޭނުންކުރެ އެވެ. ގޭގެ ބަދިގެއިން ފަސޭހަކަމާއެކު ލިބެންހުންނަ މިފަދަ ބާވަތްތަކަކީ އެތައް ބައްޔަކަށް ފަރުވާ ލިބޭކަން ދިރާސާތަކުންވެސް ސާބިތުކޮށްދީފައިވާ ބާވަތްތަކެވެ.

ވައިގެ އުނދަގުލަށް ލުއި ލިބޭ

ކުޑަކުދިން ބަނޑުގައިރިއްސާ ބަނޑު ފުއްޕުމުން ދަވިއްގަނދު ފެން ނުވަތަ ދަވިއްގަނދު ސައި ދެއެވެ. މިއީ އެކުދިންނަށް ވައިގެ އުނދަގުލުން ލުޔެއް ހޯދައިދިނުމަށެވެ. ބޮޑެތި މީހުނަށްވެސް ވައިގެ އުނދަގޫވާން ފެށުމުން ދަވިއްގަނދު ފެންބުއިމުން ލުއިވެ އެވެ. ދަވިއްގަނދު ފެންތައްޔާރުކުރާނީ ހޫނުފެން ނުވަތަ ތާފަނާފެން ބޭނުންކޮށްގެނެވެ.

ހަކުރު ދަށްކޮށްދޭ

2008 ވަނަ އަހަރުގެ ދިރާސާއަކުން އެނގުނުގޮތުގައި ދަވިއްގަދުން ހަކުރުބަލީގެ މީހުންގެ ހަކުރު ދައްކޮށްދެއެވެ. ދަވިއްގަނދުން ހަކުރުބަލި ތަހައްމަލުކުރާމީހުންގެ ހަށިގަނޑުގައި ލޭގައި ހިމެނޭ ހަކުރު ދައްކޮށްދޭކަމަށް މި ދިރާސާއިން ފާހަގަކުރެވުނެވެ.

ލޭގެ ޕްރެސަރ ދައްކޮށްދޭ

ދަވިއްގަނދަކީ ވިޓަމިންސީވެސް އެކުލެވޭ ބާވަތެކެވެ. އަދި ދަވިއްގަނދު ލޭމައްޗަށްދާމީހުންގެ ލޭގެ ޕްރެސަރ އެއްވަރެއްގައި ހިފަހައްޓައިދޭކަމަށް ފަހުގެ ދިރަސާތަކުން ހާމަވެއެވެ. ދުވާލަކު 1 ސަމުސާ ދަވިއްގަނދު ކެއުމުން ލޭގެ ޕްރެސަރު ކޮންޓްރޯލްކުރުމަށް އެހީވެދެއެވެ.

ހަމަށް ކުރާފައިދާ

ދަވިއްގަނދުގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން އުމުރުން ދުވަސްވުމުން ހަމަށް ދިމާވާ މައްސަލަތް ކުޑަކޮށްދެއެވެ. ހަންގަޑު ދޫވުމާއި ރޫޖެހުން އަދި ހަންގަޑު ހިކުންފަދަ މައްސަލަތް ކުޑަކޮށްދެއެވެ.

މިނޫން ސިއްޙީ އެތައް ފައިދާތަކެއްވެސް ދަވިއްގަނދުން ލިބެއެވެ.

މައުލޫމާތު: ހެލްތު ލައިން ޑޮޓް ކޮމް