މީގެ ހަތް އަހަރު ކުރިން އުދުއްސާލި ސްޕޭސް އެކްސް ރޮކެޓެއްގެ ބައި، އޭގެ ޖައްވީ މިޝަން ފުރިހަމަ ކުރުމަށް ފަހު ޖައްވުގައި ދޫކޮށްލާފައި ވަނިކޮށް، މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހަނދަށް ވެއްޓޭނެ ކަމަށް، ލަފާ ކުރެވެއެވެ.

ޑީޕް ސްޕޭސް ކްލައިމެޓް އޮބްޒަވޭޓަރީ ނަމަކަށް ކިޔާ ނާސާގެ ސެޓެލައިޓެއް އޯބިޓްގައި ބޭއްވުމަށް [hs1] 2015 ވަނަ އަހަރު މި ރޮކެޓް ބޭނުންކުރި އެވެ.މި ރޮކެޓަކީ އީލޯން މަސްކުގެ ކުންފުނިން އުފައްދާފައިވާ ރޮކެޓެކެވެ.

ސެޓެލައިޓް އޭގެ އޯބިޓަށް ދޫކޮށްލުމަށްފަހު މި ރޮކެޓްގެ ބޫސްޓަރގެ ދެވަނަ ސްޓޭޖްގައި އޭގެ ޖައްވުގައި އެނބުރެމުން ދިޔައީއެވެ.

ގައްވުގައި އެނބުރޭ ތަކެތީގެ ދައުރުވުމާއި ދަތުރުކުރާ ޜާސްތާއާ ބެހޭ މައުލޫމާތު ނާސާއަށް ފޯރުވައިދޭ އެސްޓްރޮނޮމިސްޓް ބިލް ގްރޭގެ ހިސާބުތައް ދައްކާ ގޮތުން އީލޯން މަސްކުގެ ކުންފުނީގެ ރޮކެޓް ހަނދަށް ވެއްޓޭނީ މާޗް 4 ގައެވެ.