ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅުގައި ދެން އަތް ނުލެވޭނެ ކަމަށާއި އެމަނިކުފާނު ޖަލަށް ވެސް ނުލެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ދިފާއުގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވާފައި މިވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އެމަނިކުފާނު ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަމުން ގެންދަވާ ވަގުތެއްގަ އެވެ.

އެކަމަށް ރައްދުދެއްވައި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕޭން ކެމްޕެއިން ޓީމުން ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީންއާ "ކުޅުއްވަން" އެމްޑީޕީގެ ޗެއާޕާސަން އަދި އަދި ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު ހަސަން ލަތީފު ނޫޅުއްވުމަށެވެ.

"ޔާމީންއާ ކުޅުއްވަން ނޫޅުއްވާ. ހަސަން ލަތީފެއް ކަމަކު، އެކަމެއް ނުކުރެވޭނެ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ ދެން ޔާމީން ޖަލަކަށް ނުލެވޭނެ. ޝިފާޒު ކައިރީ އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކަމެއް ނުކުރެވޭނެއޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ އެމްޑީޕީގެ އިސް ބޭފުޅުން އެރަށަށް ވަޑައިގެން ރައީސް ޔާމީން އެ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފައިވާތީ އެކަމަށް ވެސް ރައްދު ދެއްވައިފައެވެ.