ޓެކްސަސްގައި ޔަހޫދީ ފައްޅިއަށް ދިން ހަމަލާގެ ސަބަބުން އަނެއްކާވެސް ޑރ. އާފިޔާ ސިއްދީ ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. ޕާކިސްތާންގެ ބޮޑު ވަޒީރަކު އެއްފަހަރެއްގައި ސިފަ ކުރައްވާފައި ވަނީ އޭނާއަކީ ޕާކިސްތާންގެ އަންހެން ދަރިފުޅު ކަމުގައެވެ.

ޑރ. އާފިޔާ ސިއްދީގީއަކީ އެމެރިކާއިން ޓެރަރިސްޓުންގެ ލިސްޓްގައި ހިމަނާފައިވާ މީހެކެވެ. އުމުރުން 49 އަހަރުގެގ އާފިއާއަށް މަލާމާތަކަށް ލޭޑީ އަލްގައިދާކަމަށްވެސް އެމެރިކާއިން ކިޔައި އުޅެއެވެ.

އާފިޔާ ސިއްދީގީ ވަނީ އުމުރަށް ޖަލަށް ލާފައެވެ. އެންމެ ފަހުން ދުނިޔެއަށް އޭނާގެ ނަން ހަނދާން ކޮށްދިނީ ޓެކްސަސްގެ ޔަހޫދީ ފައްޅިއެއްގައި އަޅުކަމުގައި ތިބި ބަޔަކު ރަހީނުކޮށްގެން އޭނާ ދޫކޮށްލުމަށް ގޮވާލުމުންނެވެ.

އިނިގުރޭސިވިލާތުގެ ސިނާއީ ސިޓީއަކަށް އުފަން އުމުރުން 44 އަހަރުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ މާލިކް ފައިސަލް އަކްރަމް، ފައްޅީގައި މީހުން ރަހީނުކޮށް، އޭނާގެ ދައްތަ ދޫކޮށްލުމަށް ޑިމާންޑް ކޮށް، ހަތަރު މީޙުން ރަނީނު ކުރިއެވެ. އަކުރަން މަރާލުމަށްފަހު ފުލުހުން މީހުން މިނިވަން ކުރިއެވެ.

އަކުރަންގެ އާއިލާއިން ބުނީ އޭނާއަކީ ސިކުނޑި ހަމަ ނުޖެހޭ މީހެއްކަމަށެވެ. އަކުރަމް އެމެރިކާއަށް ދޔައީ މި ފައްޅިއަށް ހަމަލަ ދިނުމުގެ ހަތަރު ދުވަސް ކުރިންނެވެ.

މި ހޮސްޓެޖުން ރަހީނުކުރުމުޖގައި އަކުރަމް މަސައްކަތް ކޮށްފައި ވަނީ އާފިޔާގެ ޖަލުހުކުމަށް އެމެރިކާއިން ބަދަލު ހިފާށެވެ. އެހެންނަމަވެސް މުޅި މައްސަލަ ނިމިގެން ދިޔައީ އަލުން އާފިޔާއަށާއި ޕާކިސްތާނަށް ކަޅި ހުއްޓިގެންނެވެ. އަނއުްކާވެސް ޓެރަރިޒަމްއާ ގުޅުވައި ގެންނެވެ.

އާފިޔާއާއި ޕާކިސްތާނާ ގުޅުވާލެވޭ އެހެން ހާދިސާއެއްވެސް ހިނގާފައި ވެއެވެ. ރޭމަންޑް ޑޭވިސް ނަމަކަށް ކިޔާ ސީއައިއޭގެ މުވައްޒަފަހު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަރާޗީގައި މީހަކު މަރުވިއެވެ. މި މައްސަލާގައި ޑޭވިސް ޖަލަށް ލިއެވެ. ޕާކިސްތާނުން އެމެރިކާގައި އެދުނީ އާފިޔާ ސިއްދީގީ މިނިވަން ކޮށްދިނުމުން ޑޭވިސް މިނިވބަން ކޮށްދީފާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ޑޭޥިސް މިނިވަން ކުރީ މަރުގެ ދިޔަ ދީގެންނެވެ.

އާފިޔާގއ އާއިލާއިން ދެކޭ ގޮތުގައި އޭނާގެ ޝަރިއަތް ކޮށްފައި ވަނީ ޝައްކު އުފެދޭފަދަ ހެކިތަކެއް ބޭނުން ކޮށްގެންނެވެ. އާފިޔާއަކީ އޭނާގެ ޅަފަތުގައި އެމެރިކާއަށް ކިޔެވުމަށް ހިޖުރަ ކުރި މީހެކެވެ.

އާފިޔާއަށް ތުހުމަތު ކުރެވެނީ، ކާބުލްގައި އޭނާ ހިފަހައްޓައިގެން ތަހުގީގު ކުރަމުންދިޔަ މީހުންގެ ގަޔަށް ބަޑި ޖެހުމަށް އޭނާ މަސައްކަތް ކުރި ކަމަށެވެ.

އާފިޔާއަކީ، 1995 ވަނަ އަހަރު ޕާކިސްތާނުގެ ޑޮކްޓަރަކާ ކައިވެނިކޮށް، ކައިވެނި ރޫޅިފައި ހުރި މީހެކެވެ. ފަހުން އޭނާ ކައިވެނި ކުރީ އެމެރިކާގެ ޓުއިން ޓަވަރު ގޮއްވާލި 9/11 ގެ ހަމަލާތަކުގެ މޭސްތިރި ޕާކިސްތާނުގެ ޚާލިދު ޝެއިޚް އާ ގުޅުން ހުރި މީހަކާއެވެ.

އާފިޔާއަށް ތުހުމަތު ކުރެވެނީ އޭނާއާ އޭނާގެ ފިރިމީހާ 2002 ވަނަ އަހަރު 10000 ނައިޓް ވިޝަން ގޮގްލްސް އާއި ބަޑިން ދިފާއުވާ ޖެކެޓާއި ފޮތްތަކެއް ގަތީ، އެމެރިކާގެ ގިނަ ތަންތަން ގޮއްވާލަން ބޭނުންވެގެން ބޮން ހެދުމަށް ތައްޔާރުވެގެން ކަމަށެވެ.

މިހާތަނަށް ފަންސާހެއްހައި މީހުން ވަނީ އާފިޔާ ޖަލުން މިނިވަން ކުރުމަށް އެދިގެން އެކިޒާތުގެ މަސައްކަތްތައް ކޮށްގެން މަރުވެފައެވެ.