އައްޑޫސިޓީ ފޭދޫގައި އޮތް 14 ޗަސްބިމެއް ފަސް އަޅައިގެން ހިއްކުމަށް ނުވަތަ ބެރުމުގެ މަސައްކަތް މިއަދު އިފްތިތާހުކޮށްފިއެވެ.

މިސައްކަތް އިފްތިތާހު ކޮށްދެއްވީ މިއަދު ހަވީރު ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

މި މަސައްކަތް މިއަދު އިފްތިތާހު ކުރިޔަސް އައްޑޫސިޓީކައުންސިލުގެ ނިމިދިޔަ ދައުރުގައި ވެސް ފޭދޫގެ ބައެއް ޗަސްބިންތައް ވަނީ ބަރައިފައެވެ.

މިއަދު ފެށުނު މަސައްކަތް ކުރިއަށްދާނީ ސަރުކާރުގެ އެހީތެރިކަމާއެކު ކަމުގައި މެމްބަރު ނިހާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ އޭނާގެ ކެންޕޭން ވައުދެއް ކަމަށެވެ. ފޭދޫގައި މަދިރި އާލާވާ ތަންތަން ވެސް މިމަސައްކަތުގެ ދަށުން ނައްތާލާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.