މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގަށް ހާޒިރުވާން އަންގައިފައި ވަނީ ދަފްތަރު ނަމްބަރ ދރ.1182 ކ. މާލެ / އިބްރާހީމް މާނިޢު ރަމީޒު (21އ) ކަމަށެވެ.

އޭނާ ހާޒިރުކުރެވެނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށެވެ.

ފުލުހުން ބުނީ އޭނާ ހާޒިރުވާން ޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ، 2022 ފެބްރުއަރީ 15ވަނަ ދުވަހުގެ 12:00 އަށް ކަމަށެވެ.