ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން ޕޭވިންގް މަސައްކަތުގެ 80 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކެވެ.

މި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ 64 ޕަސެންޓް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1645 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 45.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.