ހުޅުމާލޭ ފޭސް 2 އަކުން މާލެއަށް ސީދާ ބަސްދަތުރުތައް ފަށައިފިއެވެ.

މިއަދުން ހެނދުނު ހިދުމަތް ފެށީ ކޮންމެ ގަޑިއިރަކުން ބަސް ދަތުރެއް ފޭސް ދޭކުން ސީދާ މާލެއަށް ކުރާ ގޮތަށެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރިއަށް ގެންދަން އެމްޓީސީސީން ވަނީ ނިންމާފައެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އިތުރުވަމުންދާ އާބާދީއާއެކު އެމް.ޓީ.ސީ.ސީން މިހާރު މިވަނީ ހުޅުމާލޭ ފޭސް 2އިން މާލޭއަށް ސީދާ ބަސްދަތުރުތައް ކުރާގޮތަށް ނިންމާފައެވެ.

މިކަމާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާރިޗު 2 އިން ފެށިގެން މާލެއާއި ހުޅުމާލެއާއި ދެމެދު ޑައިރެކްޓް ބަސްދަތުރުތައް އޮންނާނެކަމަށެވެ. އަދި އެ ރޫޓުގައި ބަސްތައް ދަތުރުކުރާނީ ޓްރެފިކަށް ބަލާ ކޮންމެ ގަޑިއިރަކުން ކަމަށާއި، ނަމަވެސް އަންނަ ޖުލައިމަސް ނިމެންވާއިރަށް ބަސްދަތުރުތައް 15 މިނެޓަށް ބަދަލުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.