އައްޑޫ ސިޓީން އިތުރު 29 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި 29 މީހުންގެ ތެރޭގައި ހިމެނެނީ 28 ދިއްވެއްސަކާއި ބިދޭސީއެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ހިތަދޫން ޕޮޒިޓިވްވީ 19 މީހެކެވެ. އެއީ 8 ޑައިރެކްޓް ކޮންޓެކްޓަކާއި ފުލޫކުލިނިކަށް ދެއްކި 7 މީހަކާއި 4 ސަވައިލަން ސާމްޕަލެވެ. މަރަދޫއިން ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް ސަވައިލަންސް ސާމްޕަލެވެ. ފޭދޫން ޕޮޒިޓިވްވީ ޓްރެވެލް ސާމްޕަލެކެވެ. މީދޫން ޕޮޒިޓިވްވި މީހަކީ ޑައިރެކްޓް ކޮންޓެކްޓެކެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ ޖުމްލައަކީ 438 އެވެ. އެއީ ހިތަދޫގައި ތިބި 142 މީހަކާއި މަރަދޫގައި ތިބި 73 މީހަކާއި މަރަދޫފޭދޫގައި ތިބި 29 މީހަކާއި ފޭދޫގައި 55 މީހަކާއި ހުޅުދޫގައި 64 މީހަކައި މީދޫގައި 75 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 29 މީހުންނާއެކު އައްޑޫން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 7620 އަށް އަރައިފައެވެ. 7166 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އޭގެ ތެރޭގައި މިއަދު ދޫކޮށްލި 55 މީހުން ހިމެނެއެވެ. މި ބަލީގައި 16 މީހަކު ވަނީ ނިޔާވެފައެވެ. އައްޑޫގައި އަދިވެސް 95 ޑައިރެކްޓް ކޮންޓެކްޓުން އެބަތިއްބެވެ.