ދުނިޔޭގައި މަގުބޫލު "ފްރެންޗައިޒް މާސްޓަރ ޝެފް ސްވިޑަން" ގެ އެންމެ ފަހުގެ ޝޯ ނަގާފައިވަނީ ރާއްޖޭގެ މީރު އައިލެންޑް ރިސޯޓްގައެވެ. މިއީ ޓީވީ 4 އިން ހުށައަޅާ ޝޯއެކެވެ.

މި ޝޯގެ ބައިވެރިން މާލެއިން ފުރައިގެން މީރު ފެންފުއްޓަށް ސްޕީޑް ލޯންޗްގައި ދަތުރު ކުރިއިރު ފަނޑިޔާރުން ދިޔައީ ސީ ޕްލޭންގައެވެ.

މި މުބާރާތުގައި ބައިވެރީން ރާއްޖޭގައި ކުރަން ޖެހުނީ މުޅިން އާ ތަޖުރިބާއެކެވެ. އެއީ އަލަށް، އަމިއްލައަށް މަސް ބާނައިގެން އެ މަސް ކައްކަން ޖެހުމެވެ.

މި ޝޯގެ ފަނޑިޔާރެއްކަމަށްވާ މިސްޗަލް ބިލިންގްސް ބުނީ ބައިވެރީން އިންސަޓަރ ގްރާމްގައި ހިއްސާކުރާނެ ފޮޓޯ ތަކާއި ވީޑިއޯތައް ވަރަށް ގިނަވާނެކަމަށެވެ. އެއީ ރާއްޖެފަދަ ދެވަނައެއް ނެތް ގުދުރަތީ މި މަންޒިލެއްގައި އެމީހުން ވަރަށް ގިނަ ކަންތައްތައް ތަޖުރިބާ ކުރާނެތީއެވެ.

މި ޝޯގެ ބައިވެރިން މިހާރުވެސް މީސްމީޑިއާގެ އެކި މަންސަ ތަކުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި އެމީހުން ރާއްޖޭގައި ހޭދަ ކުރާ އުފާވެރި ވަގުތުތައް ހިއްސާކުރަމުން އެބަ ގެންދެއެވެ.

ބައިނަލް އަގުވަމީ މި ޝޯގައި ރައްޖޭގެ ކާބޯތަކެތި ދައްކާލުމުގެ ފުރުޞަތުވެސް ވަނީ ލިބިފައެވެ. އެގޮތުން މީރު އައިލެންޑް ރިސޯޓާއި ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ އާއި ގުޅިގެން ވަނީ މާސްޓަރ ޝެފް ސްވިޑްންގެ އެލިމިނޭޝަން ރައުންޑު ނިންމާލާފައެވެ. މި ޝޯގައި ތައްޔާރުކުރީ މުޅިންވެސް ދިވެހި ރަހަތައް ކަމުގައި ޓްރެވަލް ޓްރޭޑް މާލްޑިވްސް އިން މައުލޫމާތު ދެއްވިއެވެ.

މާސްޓަރ ޝެފް ސްވިޑްން ގެ ފުރަތަމަޝޯ ހުށައަޅާފައިވަނީ 2011 ވަނަ އަހަރު ޖެނުއަރީ 12 ވަނަ ދުވަހު ޓީވީ 4 އިންނެވެ.