ކަލާސް އެވޯޑްގެ ޓައިޓަލް ސްޕޮންސަރ ކުރިއަށް އޮތް 3 އަހަރުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އޮފް އެޑިޔުކޭޝަނުން އެމްޓީސީސީ އާއެކު ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހުގޭރޭ އޮތް ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް އެވެ. އަދި މިނިސްރީ އޮފް އެޑިޔުކޭޝަނުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުﷲ ރިޔާޒެވެ.

ކަލާސް އެވޯޑަކީ ސްކޫލުތަކުގެ ދަރިވަރުން ކުޅިވަރުގެ ރޮނގުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ދޭ އެވޯޑެކެވެ.

2014 ވަނަ އަހަރުންފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެމުން އަންނަ މި އެވޯޑް ފާއިތުވި ދެއަހަރު ނުދެވިފައިވަނީ ކޮވިޑް 19 ގެ ނުރައްކާތެރި ބަލިމަޑުކަން މުޅި ދުނިޔޭގަޔާއި ރާއްޖޭގައި ފެތުރެމުން ދިޔުމުގެ ސަބަބުން ނެވެ.

މިއަހަރުގެ ކަލާސް އެވޯޑް ދިނުމުގެ ރސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މާރިޗު މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ.