ބޭނުންވާ ތަކެތި

2 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)

250 ގުރާމު ބޯންލެސް ޗިކަން

1 މޭޒުމަތީސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

½ މޭޒުމަތީސަމުސާ އަސޭމިރުސް (މުގުރި)

½ މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

1 ސައިސަމުސާ ޕެޕްރިކާ ޕައުޑަރ

2 މޭޒުމަތީސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީސަމުސާ ވިނިގާ

1 ފިޔާ

2 މޭޒުމަތީސަމުސާ ޗިލީ ގާލިކް ސޯސް

1 ކެޕްސިކަމް

2 މޭޒުމަތީސަމުސާ ތެޔޮ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކުކުޅުމަސްތައް ހިމަ ދިގުކޮށް ކޮށުމަށްފަހު ތައްޓަކަށް އަޅާށެވެ. އަދި އެއަށް ލޮނާއި ލޮނުމެދު، މުގުރި އަސޭމިރުސް، ޗިލީ ފްލެކްސް، ޕެޕްރިކާ ޕައުޑަރ، ސޯޔާ ސޯސް، ވިނިގާ އެޅުމަށްފަހު އެއްކޮށް މޮޑެލާށެވެ. ދެން މެރިނޭޓްކުރަން 40 މިނެޓް ބަހައްޓާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅައި ހޫނުކުރާށެވެ. ދެން ފިޔާ ތުނިކޮށް ކޮށުމަށްފަހު ތަވަޔަށް އަޅައި ވަޅޯވުމުން މެރިނޭޓް ކުރި ކުކުޅު އަޅާށެވެ. އެއަށްފަހު ދޭފަތަކުން ހަލަމުން ހަނާކޮށްލާށެވެ. 3 މިނެޓް ހަނާކޮށްލުމަށްފަހު ތަވާގައި މަތިޖަހައިގެން ކުކުޅު މަސްކޮޅު ރޯފިލަންދެން ކައްކާލާށެވެ. ދެން ކެޕްސިކަމް ކޮށުމަށްފަހު ކުކުޅު ކޮޅާ އެއްކޮށްލާށެވެ. އެއަށްފަހު ޗިލީ ގާލިކް ސޯސް އަޅާށެވެ. ކެޕްސިކަމް ކޮޅު ވަޅޯވުމުން ކެއްކި ބަތްކޮޅު އަޅާ އެއްކޮށްލާށެވެ. ބަތްކޮޅު މަސްގަނޑާއެއްވުމުން ތަވާ އުނދުންމަތިން ބާލާށެވެ.