ޗައިނާއާއެކު ސޮލޮމަން އައިލެންޑްސްއިން ސަލާމަތީ އެއްބަސްވުމަށް އެއްބަސްވިތާ އެއް ދުވަސް ފަހުން، ބޮޑުވަޒީރު މަނަސެހް ސޮގަވަރޭ ވިދާޅުވަނީ، އަވަށްޓެރިންގެ ސަލާމަތީ ހައްސާސް މައްސަލަތައް އޭނާއަށް އިހުސާސް ކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވަނީ ސޮލޮމަން އައިލެންޑްސްގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަށް ޗައިނާއަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ސޮލޮމަންއާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ޑްރާފްތޭއް ލީކުވެފައި ވެއެވެ. މި ޑްރާފްޓެއްގެ ސަބަބުން ޗައިނާގެ މަނަވަރުތައް ސޮލޮމަން ޖަޒީރާ ރަށްތަކުގައި ނަގިލިއެލުމުގެ ހުއްދަ ދޭން އެއްބަސްވެފައިވާ ކަމަށް ބުނެއެވެ. އަދި މިކަމުގެ ސަބަބުން އޮސްތްރޭލިއާއާއި ނިއުޒިލެންޑުން ވަނީ މައްސަލަ ޖައްސާފައެވެ.

އެއިރު ސޮލޮމަން އައިލެންޑްސް އިން ބުނީ ބެއިޖިންއާއެކު ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރާވާފައިވީނަމަވެސް ޕެސިފިކް ކަނޑުގެ ޖަޒީރާ ރަށްތަކުގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ޤާއިމުކުރުމުގެ ހުއްދަ ނުދޭނެކަމަށެވެ.

ސަލާމަތީ ކަންކަން ބަލަހައްޓާ އެއްބަސްވުމުގެ ޑްރާފްޓް ދެ ގައުމުގެ އޮފިޝަލުން އެކުލަވާލިތާ އެއް ދުވަސް ފަހުން، ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު މަނަސެހް ސޮގަވަރޭ ހުކުރު ދުވަހު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އަސްކަރީ މަރުކަޒެއް ގާއިމް ކުރުމެއް ނެތް ކަމަށެވެ.