އޮންލައިން ވިޔަފާރި ކުންފުނި، އެމެޒޮން އިން އައު ވިޔަފާރިއަކަށް ވަދެއްޖެއެވެ. ފާޚާނާ ރޯލާއި ފޮތާއި، ބުރުމާ ގަންނަން ލިބޭ ގޮތަށް އެމެޒޮން އިން ޑޮކްޓަރުގެ ބޭސް ސިޓީއަށް ބޭސްވެސް ގަނެވޭނެއެވެ. މި ޚިދުމަތް ލިބޭ ތަންތާނގައި ދެ ދުވަސް ތެރޭގައި ގެއަށް ޕްރެސްކްރިޕްޝަންގެ ބޭސްތައް ފޮނުވައި ދޭނެއެވެ.

އެމެޒޮންއިން، މިއައު ވިޔަފާރިއަށް ވަނުމާއެކު އެކުންފުނިން ވަނީ ކަންމަތީ ބޭސްފިހާރަތަކާއި، މޯލްތަކުގައި ހުންނަ ބޭސް ފިހާރަތަކާއި ބޭސް ކައުންޓަރުގެ ވިޔަފާރިއާ ބެހިފައެވެ.

މި ޚިދުމަތް ލިބެން ހުންނަ ތަންތާނގައި، އިންޝޫރެންސް ނަގާފައި ނުހުންނަ ފަރާތްތަކަށް ހެޔޮ އަގުގައި ބޭސް ލިބޭ ގޮތް ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮރޯނާގެ ފުރަބަންދުގައި އެމެޒޮންއަކީ ވިޔާރިއަށް ބުރުލެއް ނާރައި ފައިދާވި ކުންފުންޏެކެވެ. މިކުންފުނިން އޮންލައިންކޮށް ބޭސްވިއްކަން ފަށާފައި މިވަނީ، ކޮރޯނާއާ ގުޅިގެން މީހުންގެ ގާތު، އޮންލައިކޮށް ވިޔަފާރިކޮށްލުން މަގްބޫލު ކަމަކަށް ވެގެން ދިއުމާ ގުޅިގެންނެވެ.

އެމެޒޮންއިން އޮންލައިން ބޭސްފިހާރަ ހުޅުވިކަން އިޢްލާން ކުރުމާއެކު އެމެޒޮންގެ ހިއްސާގެ އަގު ވަނީ 2.6 އިންސައްތައަށް އުފުލިފައެވެ. ސިލްސިލާ ބޭސްފިހާރަ ހިންގާ ފަރާތްތަކުގެ ހިއްސާ ވަނީ 9 އިންސައްތައާއި 12 އިންސައްތައަށް ދަށްވެފައެވެ.

ރާއްޖޭގައި ތިބެގެން އެމެޒޮން އިން ވިޔަފާރި ކުރާ ފަރާތްތަކަށް އީޓުކުރި މެދުވެރިކޮށް އެންމެ ހަތަރު ކަމެއް ކޮށްލުމުން، ފަސޭހަކަމާއެކު، މުދާ ގެނެވޭ ގޮތް ހަމަޖެހިފައި ވެއެވެ. އިޓުކުރީގެ ވެބްސައިޓްގައި އިރުޝާދު ދިނުމުގެ އިތުރުން އޮން ލައިންކޮށް އީޓުކުރި މެދުވެރިކޮށް މުދާ ގެނެވޭތަންތަން ވެސް ލިސްޓް ކޮށްފައި ވެއެވެ.