ބޭނުންވާ ތަކެތި

2 ޖޯޑު ފުލްކްރީމް މިލްކް

¾ ޖޯޑު ހަކުރު

2 މޭޒުމތީސަމުސާ ގޮދަން ފުށް

½ ޖޯޑު ކެޑްބެރީ ކޮކޯ ޕައުޑަރ

20 މާރީ ބޮސްކޯދު

ތައްޔާރުކުރާނެގޮތް

ތެއްޔަކަށް ކިރާއި، ހަކުރު، ގޮދަށްފުށް، ކޮކޯ ޕައުޑަރ އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ރީތިކޮށް ގިރުމުން އުނދުންމައްޗަށް އުދައި ދޭފަތަކުން ހަލަމުން، މަގުޑުގިނިމަތީގައި 4 ވަރަކަށް މިނެޓް ކައްކާ އޮލަކޮށްލާށެވެ. ދެން ބޭނުންނަމަ ވެނީލާ އެސެންސް ސަމުސަލެއް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ބަޓަރ ވެސް އަޅައި އެއްކުރާށެވެ. ދެން އުނދުންމަތިން ބޭލުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު ހިހޫކުރަން ބަހައްޓާށެވެ. ދެން ބިސްކޯދު ޕުޑިން ހަދާނެ ޓްރޭއެއް ތައްޔާރުކުރުމަށްފަހު ތައްޔާރުކުރި ޗޮކްލެޓް ކްރީމް ލެޔާއްއެއް އަޅާށެވެ. އެއަށްފަހު ބިސްކޯދު ލިޔާއެއް، އަނެއްކާވެސް ޗޮކްލެޔާއެއް، މިގޮތަށް 3 ނޫނީ 4 ލެޔާ ހަދާށެވެ. އެއންމެ މައްޗަށް ޗޮކްލެޓް ލެޔާއެއް އެޅުމަށްފަހު ބިސްކޯދެއް ފުނޑުކޮށްލާފައި މައްޗަށް ބުރުވާލާށެވެ. ބޭނުންނަމަ ޗޮކްލެޓް ގާނާފައިވެސް މައްޗަށް އެޅިދާނެއެވެ. ދެން ފްރިޖަށްލާ ފިނިކޮށްލާށެވެ.