ޔުކްރެއިންގެ ސިޓީއެއްގެ ޕީޖީއަކީ ރަޝިޔާގެ އެޖެންޓެއްކަމުން އޭނާ ހައްޔަރުކޮށްފިއެވެ. އިނގިރޭސިވިލާތުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮންލައިންކޮށް ޕޯސްޓްކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޔޫކްރެއިންގެ ސިފައިންގެ ގްރޫޕަކުން ޔޫކްރެއިންގެ މައިކޮލައިފް ސިޓީގެ ޗީފް ޕްރޮސެކިއުޓަރުގެ އޮފީހަށް ވަދެ، އޭނާ ހައްޔަރު ކުރުމުގެ ކުރިން ބިންމައްޗަށް ވައްޓާލާ މަންޒަރު ފެނެއެވެ.

ދަ ޓައިމްސް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވަނީ ނަން ހާމަކޮށްފައި ނުވާ ސީނިއަރ ޕްރޮސެކިއުޓަރގެ މައްޗަށް ތުހުމަތު ކުރެވެނީ ރަޝިޔާއާ ގުޅުން އޮންނަ އަދި ޖާސޫސްކޮށްދޭ ކަމަށެވެ. އަދި އެއީ، ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށި ފަހުން މި ފަދަ ކަމަކާ ގުޅިގެން ހައްޔަރުކުރި ޔޫކްރެއިންގެ އެންމެ މަތީ ފަންތީގެ މަސްއޫލުވރިޔާއެވެ.

ޔޫކްރެއިންގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި އެ މީހާ ރަޝިއާގެ ސަލާމަތީ ހިދުމަތްތަކަށް ހައްސާސް އަސްކަރީ މައުލޫމާތު ފޯރުވައިދީފައި ވެއެވެ.

ޔޫކްރެއިންގެ އޮފިޝަލުންނަށް ނިސްބަތްކޮށް ނޫހުގައި ބުނެފައި ވަނީ އިސް އޮފިޝަލާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ.