ބޭނުންވާ ތަކެތި

1 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ ވިނިގާ

½ ޖޯޑު ޔޯގަޓް

ރަހަލާވަރަށް ލޮނު 1 ޕާން

2 މޭޒުމަތީސަމުސާ ތެޔޮ

3 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް

½ ޖޯޑު މޮޒެރެއްލާ ޗީޒް

1 ޓޮމާޓޯ (ކޮށާފައި)

1 ކެޕްސިކަމް (ކޮށާފައި)

1 ފިޔާ (ކޮށާފައި)

ތައްޔާރުކުރާނެގޮތް

ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް ލޮނުމެދާއި ޔޯގަޓް މުގުރި މިރުސް އަސޭމިރުސް، ލޮނު ވިނިގާ އަޅައިގެން މޮޑެލާށެވެ. އެއަށްފަހު މެރިނޭޓްކުރަން 30 މިނެޓް ބަހައްޓާށެވެ. މެރިނޭޓް ވުމުން ތަވަޔަކަށް 2 ސަމުސާ ތެޔޮ އެޅުމަށްފަހު ކުކުޅު އަޅައި ހަނާކޮށްލާށެވެ. ދެން ޓްރޭއެއްގައި ޕާންފޮތިތައް އެތުރުމަށްފަހު އޭގެ މަތީގައި ޕިއްޒާ ސޯސް އުނގުޅާށެވެ. ދެން ސޯސް މައްޗަށް ޗީޒް އަޅާށެވެ. އޭގެފަހުގައި ޓޮމާޓޯ އަޅާށެވެ. އެއަށްފަހު ކެޕްސިކަމް އާއި ފިޔާވެސް އަޅާށެވެ. ދެން އޭގެ މައްޗަށް ތައްޔާރުކުރި ކުކުޅުމަސްގަނޑު އަޅާށެވެ. އަދި މުގުރި މިރުސްކޮޅަކާއި އޮރިގަނާވެސް އަޅާށެވެ. އެއަށްފަހު އަނެއްކާވެސް މޮޒެރެއްލާ ޗީޒް އަޅައި އަވަން 180 ޑިގްރީ އަށް ހޫނުކޮށް ޕިއްޒާ ފިހަން ލާށެވެ. ޗީޒްތައް ދިޔާވުމުން ޕިއްޒާ އަވަނުން ނަގާށެވެ.

މި ޕިއްޒާ ތަވާގައިވެސް ފިހެވޭނެއެވެ.