ބޭނުންވާ ތަކެތި

200 ގުރާމު ބޯންލެސް ޗިކަން

1 ސައިސަމުސާ ލޮނުމެދު (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ ކޮތަނބިރި (މުގުރި)

1 މޭޒުމަތީ ސަމުސާ ދިރި (މުގުރި)

½ ސަމުސާ އަސޭމިރުސް (މުގުރި)

½ ޖޯޑު ބެލް ޕެޕަރ

½ ޖޯޑު ޓޮމާޓޯ (ކޮށާފައި)

½ ޖޯޑު ފިޔާ ( ކޮށާފައި)

½ ޖޯޑު ކެބެޖް ( ކޮށާފައި)

½ ޖޯޑު ލެޓިޔުސް (ކޮށާފައި)

މަސްގަނޑު ތައްޔާރުކުރުން

ކުކުޅު މަސްތައް ކުދިކޮށް ކޮށާށެވެ އެއަށްފަހު ތަވަޔަކަށް ތެޔޮ ސަމުސަލެއް އަޅައި އުނދުންމައްޗަށް އުދާ ހޫނުކޮށްލާށެވެ. ދެން ކޮށި ލޮނުމެދުކޮޅު އަޅާށެވެ. 2 މިނެޓް ކެއްކުމަށްފަހު ކުކުޅުމަސްކޮޅު އަޅާށެވެ. އެއަށްފަހު ހަވާދު ބާވަތްތައް އަޅައި ލޮނު ހެޔޮވަރުކުރުމަށްފަހު ކުކުޅު ރަނގަޅަށް ރޯފިލުވާށެވެ.

ސޯސް ތައްޔާރުކުރާނެގޮތް

1 ޖޯޑު ޔޯގަޓް

3 މޭޒުމަތީ ސަމުސާ މަޔޯނައިސް

1 ސައިސަމުސާ މުގުރި މިރުސް

½ ސައިސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ލީވްސް

ރަހަލާވަށްރށް ލޮނު

ޔޯގަޓާއި މަޔޯނައިސް ބޯތައްޓަކަށް އެޅުމަށްފަހު ހަވާދުގެ ބާވަތްތަކާއި ލޮނު އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު ކޮރިއަންޑާ ފަތްކޮޅުވެސް އަޅާ އެއްކޮށްލާށެވެ.

ރެޕް ތައްޔާރުކުރާނެގޮތް

ޓޯޓިލާ ގަންނަން ނުލިބޭނަމަ، ތެލާއި ހޫނު ފެން ޖަހައިގެން ފުށް މޮޑެ ބޮޑު ރޮށްޓެއް ފިހެލާށެވެ. ދެން ރޮށީގެ މެދަށް ސޯސް އަޅައި އުނގުޅާލާށެވެ. އެއަށްފަހު ތައްޔާރުކުރި ކުކުޅުމަސްގަނޑު އަޅާށެވެ. ދެން އޭގެ މައްޗަށް ކޮށި ތަރުކާރީ އަޅާށެވެ. އެއަށްފަހު އަނެއްކާވެސް ސޯސް އަޅައި ރޮށި އޮޅާލާށެވެ. އެއަށްފަހު ތަވާގައި ހޫނުކޮށްލާށެވެ.