ބޭނުންވާ ތަކެތި

1 ޖޯޑު ފެން

1 ޕެކެޓް ޕައިންއެޕަލް ޖެލީ

10 މާރީ ބިސްކޯދު (މުގުރާފައި)

3 މޭޒުމަތީ ސަމުސާ ބަޓަރ

¾ ޖޯޑު ވިޕިންގް ކްރީމް

5 ފޮތި އަލަނާސި

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ ތެއްޔަކަށް 1 ޖޯޑު ފެން އެޅުމަށްފަހު އުނދުންމައްޗަށް އުދައި ހޫނު ކުރާށެވެ. ފެންގަނޑުގައި ބޮކި ޖަހަން ފެށުމުން ޖެލީ ޕެކްޓް އޮއްސާލާށެވެ. ދެން ދޭފަތަކުން ހަލަމުން ކައްކާއްކާށެވެ. 2 މިނެޓް ކެއްކުމަށްފަހު ބާލާ ހިހޫކުރަން ބަހައްޓާށެވެ. އެއަށްފަހު ފްރިޖަށް ލާށެވެ. ދެން ވިޕް ކްރީމް ގިރާށެވެ. ވިޕް ކްރީމް ގިރުމުން ތައްޔާރުކުރި ޖެލީވެސް އެއްކޮށް ގިރާށެވެ. އެއަށްފަހު ބަޓަރާއި މުގުރި ބިސްކޯދު އެއްކޮށް މޮޑެލެމަށްފަހު ޓޮރޭއަށް އަޅާށެވެ. އަދި އޮމާން ކޮށްލާށެވެ. ދެން ބިސްކޯދު ލެޔާ މަތީ އަލަނާސި ފޮތި ކުދި ކޮށްފައި ބަހައްޓާށެވެ. އެއަށްފަހުތައްޔާރުކުރި ޖެލީ ކްރީމް އަޅާށެވެ. ކްރީމް އެޅުމަށްފަހު ވަރަށް ރަނގަޅަށް އޮމާންކުރަންވާނެއެވެ. އެއަށްފަހު އަނެއްކާވެސް އަލަނާސި ފޮތި ކުދި ކުރުމަށްފަހު އަތުރާށެވެ. ބޭނުންނަމ، އަލަމަންޑުވެސް ކޮށާފައި އަޅާށެވެ. ދެން ވަށައިގެން ބިސްކޯދު ކުނޑީގެ ލެޔާއެއް އަޅާށެވެ. ދެން ފްރިޖައްލާ 2 ގަޑިއިރު ބަހައްޓާފައި ނަގާށެވެ.