ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅަށް ރައީސްގެ ދެކަނބަލުން މާލެއިން ފުރާ ވަޑައިގެންނެވީ މިމަހު 14 ވަނަ ދުވަހުއެވެ. މިދަތުރުފުޅާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ނުދެއްވައެވެ. ވަރަށް ފަހުން ރައީސް ވަނީ ސިންގަޕޫރުގައި ތައިރޮއިޑް އޮޕަރޭޝަނެއް ވެސް ކުރައްވައިފައެވެ.