“ދޯސްތާނާ 2″ގެ ލީޑް ރޯލަށް ސިދާތް އާއި ޖާންވީ

މީގެ 10 އަހަރު ކުރިން ރިލީޒް ކުރި “ދޯސްތާނާ” ފިލްމަށް ލިބުނު ކާމިޔާބީއާއި އެކު ފިލްމުގެ ދެވަނަ ބައެއް އުފައްދަން ކަރަން ޖޯހަރު މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ރަގަޅު ސްކްރިޕްޓެއް ނުލިބިގެން އަހަރުތަކެއް ހޭދަކުރުމަށްފަހު މިހާރު މިފިލްމަށް ރަގަޅު ސްކްރިޕްޓެއް ލިބި ފިލްމު އުފެއްދުމުގެ މަސައްކަތް ފަށައި ފިލްމުގެ ލީޑަށް ދެ ތަރިންވެސް ހަމަޖައްސާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

Advertisement

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ރިޕޯޓުކުރާގޮތުގައި “ދޯސްތާނާ 2″ގެ ލީޑް ރޯލުން ފެނިގެން ދަނީ ސިދާތް މަލޯތްރާއާއި ޖާންވީ ކަޕޫރެވެ. އަދި މި ދެތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިއެއް ނިންމުމުގެ މަސައްކަތް މިހާރު ކަރަން ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުރަތަމަ ފިލްމެކޭ އެއްގޮތަށް ދެވަނަ ބައިވެސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ތަރުން މަންސުކާނީއެވެ.

“ދޯސްތާނާ” އަކީ 2008 ވަނަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

Advertisements