އިންޑިއާއިން ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލުމުގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. އިންޑިއާއާއި ޔޫއޭއިއާ ދެމެދުގެ ދަތުރުފަތުރަކީ އެންމެ ބާރު ބޮޑު ސެކްޓަރއެވެ. އަދި ދުބާއީއާއި މުމްބާއިއާ ދެމެދުގެ ސެކްޓަރއަކީ އިންޑިއާގެ އެންމެ ބާރު ބޮޑު ސެކްޓަރއެވެ. މއީ ދުނިޔޭގައިވެސް ފަސް ވަނައަށް އެންމެ ބާރު ބޮޑު ސެކްޓަރއެވެ. މުމްބާއިއާއި ޑުބާއީއާ ދެމދު 218ހާސް ގޮނޑި އޮޕަރޭޓް ކުރެއެވެ. މިއާ ޚިލާފަށް 179ހަސް ގޮނޑީގެ ޑުބާއި ދިއްލީ ސެކްޓަރއަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ ބާރު ބޮޑު ސެކްޓަރއެވެ.

އެޕްރީލް މަހު އެންމެ ބަރު ބޮޑު ސެކްޓަރއަކަށް ވެފައި އޮތީ ޖިއްދާ ޤާހިރާ ރޫޓެވެ. މި ރޫޓްގައި 334،157 ގޮނޑި އޮޕަރޭޓް ކުރެއެވެ. މި ރޫޓާ އެންމެ ގާތުން ވާދަކުރީ ލަންޑަން ހީތުރޯއިން ނިއުޔޯރކްގެ ޖޭއެފްކޭއަށް އޮންނަ 273،596 ގޮނޑީގެ ރޫޓެވެ.

އިންޑިއާ ހުޅުވަލި ފަހުން އެމިރޭޓްސްއިން ހަފްތާއަކަށް 170 ފްލައިޓް އިންޑިއާއަށް ބާއްވައެވެ. އަދި ފްލައި ޑުބާއީވެސް ވަނީ ހަފްތާއަކަށް 30 ފްލައިޓް އޮޕަރޭޓް ކުރަން ފަށާފައެވެ.