ބޮލުގައި ރިހުމަކީ އާއްމުކޮށް މީހުންނަށް ދިމާވާ މައްސަލައެކެެވެ. އާއްމު ހާލަތުގައިވެސް ތަފާތު ސަަބަބުތަކާއެކު ބޮލުގައިރިއްސާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނިދިމަދުވުމާއި، ހާސްވެކަންބޮޑުވުމާއި، ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާމެދު ވިސްނާ ފިކުރުކުރާން ޖެހޭމިންވަރު އިތުރުވުމާއި މައިގުރެއިން އަކީވެސް ބޮލުގައި ރިއްސަންދިމާވާ ބައެއްސަބަބުތަކެވެ. ރަމަޟާންމަހަކީ ހާއްސަކޮށް ކެއުމަށާއި ބުއިމަށް، އަދި ދިރިއުޅުމުގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހަކަށްވުމުން ބަައެއްފަހަރު ބަައެއްމީހުންނަށް ބޮލުގެ ރިހުމުގެ ވޭން ތަންކޮޅެއް ގިނައިން އިހްސާސްކުރަން ޖެހޭ މަހެކެވެ.

ސަބަބުތައް:

  1. ހަށިގަނޑުގައި ހަކުރުގެ މިންވަރު ދަށްވުން

  2. ހަށިގަނޑުގައި ހަކުރުމަދުވިޔަސް އަދި ގިނަވިޔަސް ބޮލުގައިރިއްސުމަކީ ވަރަށް ގިނައިން ދިމާވެދާނެ ކަމެކެވެ.

  3. ހަށިގަނޑުން ފެންމަދުވުން ހަށިގަނޑުން މާބޮޑަށް ފެންމަދުވެއްޖެނަމަ ބޮލުގައި ރިއްސުމަކީ ވަރަށް ފަސޭހައިން މެދުވެރިވާކަމެކެވެ.

  4. ހަށިގަޑުން ކެފެއިން މަދުވުން.

އާއްމުކޮށް ކޮފީ ބޯމީހަކު ދުވާލުގެ ވަގުތުގައި އެކަން ހުއްޓާލަފިނަމަ ހަށިގަނޑުގައި ކެފެއިން ހުންނަމިންވަރު ދަަށަށްދާނެއެވެ. އަދި މިކަމުގެ ސަބަބުން ބައެއްފަހަރު ބޮލުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ކެފެއިން މަދުވެގެން ރިއްސާނަމަ އެރިއްސުން ޓެންސަން ހެޑޭކާއި ވަރަށް އެއްގޮތްވާނެއެވެ.

5. ހަމަނިދި ނުލިބުން

ނިންޖަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ރޯދަަމަހު ހަމަނިދި ނުލިބި ދުވަސް ވޭތުވާނަމަ ބޮލުގައިރިއްސުމަކީ ވެދާނެކަމެކެވެ.

ހައްލު:

  1. ރަނގަޅު ކެއުމަކުން ރޯދަވީއްލާށެވެ.

  2. ކެއުމުގައި ތަރުކާރީއާއި މޭވާ ގިނައިން ބޭނުން ކުރާށެވެ

  3. ދުވާލުގެ ވަގުތުގައި އަވީގައި އުޅުން މަދުކުރާށެވެ

  4. މަދުވެގެން 6ގަޑިއިރުގެ ނިދި ހަމަކުރާށެވެ

  5. އާއްމުކޮށް ކޮފީ ބޭނުން ކުރާނަމަ ހާރުދަމުގެ ވަގުތުގައި ކޮފީތައްޓެއް ބޭނުން ކުރާށެވެ

  6. ރޭގަނޑު ގިނައިން ދިޔާތަކެތި ބޭނުންކުރާށެވެ.