ފުރަގަސްފަރާތު ބައްޔަކީ ބޮޑުކަމުދާ ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތަކުގެ ޕްރެޝަރބޮޑުވެ އޭގެ ނަތީޖާއެއްގެ ގޮތުން އެހޮޅިތައް ދުޅަވެ ފުއްޕުމެވެ.
މިހެންދިމާވުމަށް ވަރަށް ގިނަ ސަބަބުތައް މެދުވެރިވާއިރު މިކަންދިމާވެފައިވާ މީހަކަށް މިއީ ވަރަށް ވޭންލިބޭނެ ކަމެކެވެ. ބޮޑުކަމު ދިއުމަކީ ކޮންމެދުވަހަކުވެސް އާދަކޮށްކުރަންޖެހޭ ކަމަކަށްވާއިރު މިކަން ދިމާވެފައިވާ މީހެއްނަމަ މިކަމުން ވާ ތަދާއި ވޭން އިހްސާސް ކުރަން ޖެހެއެވެ.
ރޯދައަށް ހުރުމަކީ ބައެއްހާލަތުގައި މިކަން އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަކަށްވާއިރު ރޯދަމަހު ގެންގުޅޭ އާދަތައް އެކަމަށް ފަސޭހަވާނެ ގޮތަކަށް ބަދަލުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިކަން ދިމާވަނީ ކީއްވެ؟
- ބަނޑު ހަރުވުން ނުވަތަ ބަނޑު ދިޔާކޮށް ގިނަދުވަސްތަކެއްވުން
މާހަރުކޮށް ބޮޑުކަމުދިއުމަކީ ފުރަގަސްފަރާތުދޮރަށް އެކަމުގެ ޕްރެޝަރވަރަށް ބޮޑުވާ ކަމެކެވެ. ބޮޑުކަމުދިއުމަށް ގިނަ އިރު އިންނަން ޖެހުމާއި ފުރަގަސްފަރާތުގެ ދޮރު ހިމެނޭ ސަރަހައްދުގެ ލޭހޮޅިތަކަށް ގިނައިރު ޕްރެޝަރ ކުރުމަކީ ފުރަގަސްފަރާތު ބަލި ފެށުމަށް މެދުވެރިވާ ސަބަބެކެވެ. ހަމަމިއާއެކު ގިނަދުވަސްތަކެއްވަންދެން މާ ބަނޑުދިޔާކޮށް ބޮޑުކަމު ދެވޭނަމަވެސް މިކަން މިގޮތަށް ވުމުގެ ފުރުސަތު ބޮޑުވެއެވެ.
ކުޑަކަމުދިއުމުގެ މައްސަލަތައް
ކުޑަކަމު ދިއުމުގައި މައްސަލަތައް ދިމާވެ ބާރުލާން ޖެހޭނަމަވެސް މިކަމުގެ އަސަރު ބޮޑުކަމުދާދޮރުހިމެނޭ ސަރަހައްދުގެ ލޭހޮޅިތަކަށް ކުރެއެވެ. އަދި ދިގުމުއްދަތެއް އެކަމުގައި ހޭދަކުރާނަމަ އެކަން ފުރަގަސްފަރާތު ބައްޔަށް ބަދަލުވެއެވެ.
ބައެއްބޭސް
ބައެއްކަހަލަ ބޭހަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރ މައްޗަށްދާ ބޭހެވެ. މިބާވަތުގެ އެއްވެސް ބޭހެއް ދިގުމުއްދަތަކަށް ކާނަމަ ލޭހޮޅިތަކުގެ ޕްރެޝަރ މަށްޗަށްގޮސް ފުރަގަސްފަރާތު ދޮރުހިމެނޭ ހިސާބުގެ ހޮޅިތައް ޕުއްޕާގޮތް މެދުވެރިވެއެވެ.
މާބަނޑުވުން
މާބަނޑުވެ ރަހިމު ބޮޑުވަމުން ދާދިއުމުގެ ސަބަބުން ފުރަގަސްފަރާތުގައި ހިމެނޭ ލޭހޮޅިތަކަށް އެކަމުގެ އަސަރު ކުރެއެވެ. އަދި ލޭހޮޅިތަކުގެ ޕްރެޝަރ މަށްޗަށްގޮސް ފުއްޕާގޮތް މެދުވެރިވެއެވެ. މިކަމަކީ ވިހެއުމަށްފަހު ވަރަށްގިނަފަހަރު ރަނގަޅުވާ ކަމެއްނަމަވެސް ބައެއްފަހަރު އަމަލުކުރެވޭގޮތަކުން އިތުރަށްގޯސްވެސް ވާކަމެކެވެ.
މާބޮޑަށް ފަލަވުން
މާބޮޑަށް ފަލަވުމަކީވެސް މިކަން މެދުވެރިވެދާނެ ސަބަބެކެވެ. ބަނޑާއި ޅިނދު މާބޮޑަށް ބޮޑުވެ ފަލަވެއްޖެނަމަ އެހިސާބުގެ ލޭހޮޅިތަކުގެ ޕްރެޝަރ މަށްޗަށްގޮސް ފުރަގަސްފަރާތު ދޮރުހިމެނޭ ހިސާބުގެ ހޮޅިތައް ޕުއްޕާގޮތް މެދުވެރިވެއެވެ.
އަލާމާތްތައް
ފުރަގަސްފަރާތުބަލީގެ ކަމެއް އުޅޭނަމަ އެހިސާބުގައި ރިއްސާ، ކަހާ، ހިރުވާގޮތް ވާނެއެވެ. އަދި ފުރަގަސްފަރާތުގެ ދޮރުހިމެނޭ ސަރަހައްދުގައިވާ ލޭހޮޅިތައް ބޭރަށް ނުކުމެ ބައެއްފަހަރު ލޭއަންނަގޮތް މެދުވެރިވެއެވެ.
ފަރުވާ އަކީ ކޮބާ؟
މިބަލިން ސަލާމަތް ވުމަށް ކުރެވިދާނެ ވަރަށްގިނަ ކަންކަން ހުރެއެވެ. ބަލީގެ ކުޑަބޮޑުމިނަށް ބަލައި ކުރެވިދާނެ ތަފާތު ފަރުވާތައް ހުރެއެވެ. ބޭސްބޭނުން ކުރުމާއި، އޮޕަރޭޝަންވެސް ކުރެވިދާނެއެވެ. މިކަމުގެ ފަރުވާ ހޯދަން އެންމެ ރަނގަޅުވާނީ އޮޕަރޭޝަނަށް ހާއްސަ ޑޮކުޓަރެއްގެ ލަފާ ހޯއްދެވުމެވެ.
ރައްކާތެރިވުމަށް ކުރާނީ ކޮންކަމެއް؟
- ރޯދަމަހަކީ ގިނަވަގުތުތަކެއްވަންދެން ދިޔާއެއްޗެއް ބޭނުން ނުކޮށް ތިބޭ މަހަކަށް ވާއިރު ބަނޑުހިކުމުގެ މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ އެކަމަށް ވިސްނަވައި ރޯދަވީއްލުމަށް ފަހު ވީހާވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރައްވާށެވެ.
- ރޯދަމަހަކީ ރޯއްދާވީއްލާވަގުތުގަޔާއި އެހެނިހެން ވަގުތުތަކުގައި އަނގަޔަށް މީރު ކާނާ ކެއުމަށް ހުރިހާމީހުންވެސް ބޭނުންވާމަހެކެވެ. ނަމަވެސް ބޮޑުކަމު ދިއުމުގެ މިހާލަތު ދިމާވުމުގެ ފުރުސަތު ބޮޑުމީހުން އެކަމަށް ވިސްނާ ކެއުމުގައި މީރުކާނާ ބޭނުން ކުރުމުގެ ބަދަލުގައި ހާލަތައް ފަރުވާއަކަށްވާފަދަ ކާނާ ބޭނުން ކުރާށެވެ. މޭވާއާއި ތަރުކާރީ އާއި ގިނައިން ފައިބަރ އެކުލެވޭ ކާނާ ބޭނުން ކުރާށެވެ.
- ކޮންމެދުވަހަކުވެސް ކަސްރަތު ކުރާށެވެ.
- ކޮންމެދުވަހަކުވެސް އެއްގަޑިއެއްގައި ބޮޑުކަމުދެވޭތޯ ބަލާށެވެ.
- ބޮޑުކަމުދާން ޖެހިއްޖެނަމަ އެކަން ލަސްނުކުރާށެވެ.
- ބޮޑުކަމުދާވަގުތު މާބޮޑަށް ބާރުނުލާށެވެ.
- މާގިނައިރު އިށީއިނދެ ނީންނާށެވެ.
- ބަނޑުހަރުވާނަމަ އެކަމަށް ހާއްސަ ބޭހެއް ބޭނުންކުރާށެވެ.
ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެ