ވަޓްސްއެޕް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ އެންމެނަށް ހިލޭ މެސެޖިންގ ޚިދުމަތެކެވެ. ނަމަވެސް މިޚިދުމަތުގެ ބައެއް ފަސޭހަތައް ބޭނުން ކުރަން ފީއެއް ނަގާ ގޮތަށް ވަޓްސްއެޕްގެ މައި ކުންފުނި މެޓާއިން ދަނީ ރާވަމުންނެވެ.

ފީ ނެގުމަށް ހަމަޖެހިފައި ވަނީ ވަޓްސްއެޕް ބިޒްނަސް އެކައުންޓް ބޭނުންކުރާ ފަރާތްތަކުންނެވެ. ރިޕޯޓްތައް ބުނާގޮތުން ވަޓްސްއެޕް ޕްލެޓްފޯމުން މަސައްކަތް ކުރަމުން ދަނީ ވިޔަފާރީގައި ބޭނުން ކުރާ އެއް ނަމްބަރެއް އެއްފަހަރާ އެތައް ޑިވައިސްއެއްގައި ބޭނުން ކޮށް އެންމެނަށް އެއް ފަހަރާ އެނަމްބަރުން ބޭނުން ކުރެވޭ ގޮތް ހެދުމަށެވެ.

އޭރުން ބިޒްނަސް ޕްލޭންގެ ދަށުން ގާތްގަނޑަކަށް 10 ޑިވައިސްގައި އެއްފަހަރާ އެއް ނަންބަރަކުން ކަސްޓަމަރުންނާ މުއާމަލާތު ކުރެވިދާނެ އެވެ.