މާލޭގެ ގަރާޖެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ، އަލިފާން ރޯވެ އަދަމުންދަނީ ރަށްދެބައިމަގުން ގ. ނިއު ކޮލަމްބިއާއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި މިހާރު ފަޔާ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، އަލިފާނުގެ ރިޕޯޓް ލިބުނީ ހަވީރު 4:26 ގައެވެ.

އެ ގަރާޖްގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ 4:53 ގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެހެން ނަމަވެސް އެ ގަރާޖްގައި ހުރި ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.