ބޮލީވުޑްގެ އެންމެ އަގުބޮޑު އެއްތަރި ކަމަށްވާ ކަރީނާ ކަޕޫރު ޚާންގެ ގެ އިސްތަށިގަނޑުގައި ޖައްސަން ވީކުލައެއް ނޭނގިގެން އޭނާގެ އިންސްޓަގްރާމް ފޮލޯވަރުން ގާތުން ޚިޔާލަކަށް އެދެފިއެވެ. އިންސްޓަގްރާމްގައި އޭނާ ހެއާސްޓައިލިސްޓަކާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އޭގެ ކެޕްޝަންގައި ލިޔެފައިވަނީ، "ބަލަހައްޓައިގެން މިވަގުތު މިހިރީ ތިހުރިހާ އެންމެނަށް" ކަމަށާއި އެހެން ނަމަވެސް ވިސްނުން މިހުރީ އިސްތަށިގަނޑު ގައި ކުލަޖެއްސުމަށް ކަމަށެވެ.

މީގެ އިތުރުން ފޭނުންގެ ކިބައިން އޭނާ ވަނީ ޖައްސަންވީ ކުލައަކާ ބެހޭގޮތުން ޚިޔާލެއް ދިނުމަށް އެދިފައެވެ.

ކަރީނާގެ އެ ޕޯސްޓާއެކު ގިނަ ފޭނުން އޭނާގެ އިސްތަށި ގަނޑުގައި ޖައްސަންވީ ކުލައަކީ ބްލޮންޑްކުލަ، ނޫކުލަ އަދި އެހެނިހެން ގިނަކުލަތައް ކަމަށް ބުނެފައިވެއެވެ. ބައެއް މީހުން ބުނެފައިވަނީ އޭނާ ކޮންމެ ކުލައެއް ޖެއްސިއަސް ރީތިވާނެ ކަމަށެވެ.

ކަރީނާގެ އެ ޕޯސްޓަށް އޭނާގެ ދައްތަ ކަރިޝްމާ ކަޕޫރުވެސް ވަނީ ކޮމެންޓް ކޮށްފައެވެ. އޭނާ ބުނެފައިވަނީ އަވަހަށް ކުލަ ބަދަލު ކުރުމަށެވެ.

ކަރީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމް "ލާލް ސިންގް ޗައްދާ" އިންނެވެ. މި ފިލްމްގައި އޭނާއާ އެކު ފެނިގެން ދާ ބަޠަލް އަކީ އާމިރް ޚާނެވެ.