ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ މުހިންމު ވިޔަފާރި އެއްބަސްވުމެއްކަމަށް ގިނަ ވާހަކަތަކެއް ދެކެވޭ ޑީލްތަކުގެ ތެރޭގައި މެޓާ (ކުރީގެ ފޭސްބުކް) އިން މީސްމީޑިއާ މެސެޖް ކުރާ ޕްލެޓްފޯމް ވަޓްސްއެޕް ގަތުން ހިމެނެ އެވެ. މެޓާއަށް ވަޓްސްއެޕް ވިއްކާލީ 22 ބިލިއަން ޑޮލަރަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ޓެކްނޮލޮޖީގެ މާހައުލު ހަލަބޮލިވެ، ދުނިޔެ މުއާމަލާތު ކޮށް މުވާސަލާތު ކުރާ ގޮތް ބަދަލުވެގެންދިޔައެވެ.

ފޭސްބުކް އިން ވަޓްސްއެޕް ގަތުމާއެކު ވަޓްސްއެޕް ވުޖޫދަށް ގެނައި މަގްސަދު ގެއްލިގެން ދިޔަ ކަމަށް އެ ކުންފުނީގެ ފައުންޑަރުން ބުނެ އެވެ.

ވަތްސްއެޕް ވިއްކާލުމަށް 2014 ވަނަ އަހަރު އެއްބަސްވުން ހެދިއިރު ވަޓްސްއެޕްގެ ޗީފް ބިޒްނަސް އޮފިސަރުގެ މަގާމުގައި ހުރި ނީރަޖް އަރޯރާ ވަނީ ލިންކްޑްއިން އާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި މުއާމަލާތާ މެދު ދެރަވެގެން ވަރަށް ދިގު ޕޯސްޓެއް ލިޔެފައެވެ. އެނާ ވަނީ، މި މުއާމަލާތުގައި ގޯސްކޮށް ހިނގާފައިވާ ކަންކަން ކިޔައިދީފަ އެވެ. އަދި އޭނާ ބުނެފައި ވަނީ ވަޓްއެޕް ވިއްކާލީތީ އެ ކަމާމެދު މިއަދު އޭނާއާއި ކުންފުނީންގެ ބާނީން ހިތާމަކުރަމެވެ.

ވަޓްސްއެޕް އުފެއްދީ ކުރިން ޔާހޫގައި މަސައްކަތް ކުރި ދެމީހެކެވެ. ބްރޮއެން އެކްޓަންއާއި ހޭން ކޯމް ޔާހީއިން ވަކިވެގެން ފޭސްބުކްގެ ވަޒީފާއަށް އެދި ހުށަހެޅިއެވެ. ނަމަވެސް ފޭސްބުކްއިން އެމީޙުންނަށް ވަޒީފާ ދިނުމަށް އިންކާރު ކުރިއެވެ.

އެއަށްފަހު އަތްމަތި ދަތިވެފައިވާ ހާލު ފަސް ރައްޓޭހިންގެ އަތުން 25 ހާސް ޑޮލަރު ހޯދައިގެން މި ދެމީހުން ވަޓްސްއެޕް ފެށީއެވެ.