އިޒްރޭލުން ޖެނިންއަށް މިއަދު ހެނދުނު ދިން ހަމަލާ ވަގުތުން ރިޕޯޓް ކުރަމުން ދިއުމުގެ ތެރޭގައި ޖަޒީރާ ޓީވީގެ ނޫސްވެރިޔާ ޝީރީން އަބޫ ޢަޤްލާ މަރާލާފައި ވަނީ އިޒްރޭލު ޒަޔަނިސްޓް ސިފައިން އޭނާގެ ބޮލަށް އަމާޒުކޮށް ރަހުމު ކުދަ ގޮތަކަށް ބަޑި ޖަހައިގެން ކަމަށް އަލްޖަޖޒީރާއިން ބުނެއެވެ.
އަލްޖަޒީރާއިން ވަނީ ދުނިޔެއިން އިޒްރޭލުގެ މި އުދުވާން ކުށްވެރިކުރުމަށް ގޮވާލާފައެވެ. އަދި މިކަމުގައި ބައިވެރިވާ އިޒްރޭލު މަސްއޫލުވެރިން އަދާލަތުގެ ކުރިމައްޗަށް ގެންނާނެ ކަމަށްވެސް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.
އަބޫ ޢަޤްލާއާއެކު އެވަގުތު ތިބި ނޫސްވެރިން ބުނާ ގޮތުގައި ޒަޔަނިސްޓުން އޭނާ މަރާލުމަށް ވަޒަން އަމާޒުކޮށްފައި ވަނީ އޭނާގެ ކަންފަތުގެ ތިރިން ހެލްމެޓުން ނެއްޓޭ ވަރުބަލާފައި ކަމަށެވެ.